twitterviber whatsapp telegramfacebookyoutube instagram
1st November 2026

ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމަށް ހުޅުވާލައިފި

އަބްދުލް ވާހިދު ޙަސަން
Oct 11, 2022
2

ތިނެއް ނޮވެމްބަރުގެ ބަތަލު ކުޅުދުއްފުށީ މާވާގެ، ޝަހީދު ހުސެއިން އާދަމްގެ ނަމުގައި، ކުޅުދުއްފުށީގައި ބިނާއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހެދުމަށްޓަކާ، ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މި ބިނާ ހުންނަން ވާނީ ހުސައިން އާދަމްގެ ޖިހާދު ރަމްޒުކޮށްދޭ ފަރުމާއަކަށް ކަމަށާއި ފަރުވާކޮށްފައި ހުންނަށް ވާނީ ބާޒާރުން ފަސޭހައިން ލިބޭ ދިގު މުއްދަތަށް ހަލާކުވެނުވެ ހުންނަ މެޓީރިއަލްއަކުން ހެދޭ ގޮތަށް ކަމަށެވެ.

އަދި ފަރުވާމާ ވާންވާނީ ބަލާލަން ރީތި، އިސްލާމްދީނާއި އާންމު އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ ފަރުމާއަކަށްކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނެފައިވަނީ ބިނާ ބެހެއްޓުމަށް ހަމަޖެހިފައިވަނީ ރަށުގެ އާންމު ސަރަހައްދެއްގައި ކަމަށެވެ.

ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރުމާއަކަށް ފައިސާގެ އިނާމުގެ ގޮތުގައި 5000 ރުފިޔާ ކަނޑައެޅިފައިވާއިރު ފަރުމާ ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޮކްޓޯބަރު 2022 ވަނަ ދުވަހުގެ 14:00 އެވެ.

ބިނާ ފަރުމާކުރުމަށްފަހު، ސޮފްޓްކޮޕީތައް (ކޮރަލްޑްރޯ، އޮޓޯކެޑް ނުވަތަ ސްކެޗަޕް) [email protected] މެއިލް ކުރުމަށް ސިޓީ ކައުންސިލުން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293