twitterviber whatsapp telegramfacebookyoutube instagram
1st November 2026

ޝަހީދު ހުސެއިން އާދަމްގެ ބައްޕާފުޅު ނިޔާވެއްޖެ

އަބްދުލް ވާހިދު ޙަސަން
Aug 28, 2023

ތިނެއް ނޮވެމްބަރުގެ ބަތަލު ކުޅުދުއްފުށީ މާވާގެ، ޝަހީދު ހުސެއިން އާދަމްގެ ބައްޕާފުޅު، އާދަމް މުހައްމަދު (89އ) ނިޔާވެއްޖެ އެވެ.

އާދަމް ނިޔާވީ މިއަދުގެ ވަގުތެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށެވެ.

އާދަމްގެ ދަރިޔަކު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މުސްކުޅި ބަލީގައި ބައްޕަ ޑޮކްޓަރަށް ދައްކަވާތާ ދުވަސްކޮޅެއްވެފައިވާ ކަމަށެވެ. ހާލު ދެރަވެ ހޮސްޕިޓަލަށް ގެނައީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އާދަމް ނިޔާވިއިރު ދުނިޔޭގައި އަނތްބަކާއި 6 ދަރިން އެބަ ތިއްބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293