twitterviber whatsapp telegramfacebookyoutube instagram
30th May 2023

ކުޑަ ކުދިންނަށް ރައްކާތެރިތަނަކަށް އިންޓަނެޓް ވާންޖެހޭ: އަޔުޝްމާން

ޚަދީޖާ އާދަމް
Nov 7, 2021

ކުޑަކުދިންނަށް ރައްކާތެރިތަނަކަށް އިންޓަނެޓް ވާން ޖެހޭކަމަށް ކާމިޔާބު ބަތަލު އަޔުޝްމާން ކުރާނާ ބުނެފި އެވެ.

6 ނޮވެންބަރު ފާހަގަ ކުރަނީ ބައިނަލްއަގުވާމީ ގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާއާއި ސްކޫލްގައި ކުރާ ބުލީއާއި އަދި ސައިބާރ ބުލީއާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހެއްގެ ގޮތުގައެވެ.

މި ދުވަހާއި ގުޅުވައިގެން ޔުނިސެފްއިން ކުރިއަށް ގެންދާ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ގްލޯބަލް ކެމްޕެއިންގެ ސެލެބްރިޓީ އެޑްވޮކޭޓަކީ އަޔުޝްމާން އެވެ. އެގޮތުން އޭނާބުނީ ގަނާ ކުރުމުން ކޮންމެ އުމުރެއްގެ މީހަކަށްވި ނަމަވެސް އެކަމުން އަސަރު ކުރާނެކަމަށާއި މިކަން މިހާރު ސޯސަލް މީޑިއާ ސައިޓްތަކުގައިވެސް ހިނގަމުން އަންނަ ކަމަށެވެ.

ހާއްސަކޮށް ކުޑަކުދިން ބުލީގެ ސިކާރައަކަށް ވުމުން އެހީ ހޯދަން ކަންތައް ކުރަންވީ ގޮތް އެކުދިންނަށް ނޭނގޭކަމަށާއި އެއީ ސްކޫލްގައި ވިއަސް އަދި ސޯޝަލް މީޑިއާތަކުން ކަމަށްވިއަސް މަދަދަށް އެދެންވީ ފަރާތް އެކުދިންނަށް ނޭނގޭކަމަށެވެ.

ސައިބާ ބުލީން އިންތިހާއަށް އިތުރުވެފައިވާއިރު އަޔުޝްމާން ބުނީ ބެލެނިވެރިންނާއި ޓީޗަރުން ދަރިވަރުންނަށް ރަނގަޅުގޮތުގައި އިންޓަނެޓް ބޭނުންކުރަން ދަސްކޮށްދޭން ޖެހޭކަމަށާއި އަދި އެފަދަކަމެއްގެ ޝިކާރައަކަށް ކުއްޖަކު ވެއްޖެނަމަ އެކަން ސިއްރުނުކޮށް އެހީއަށް އެދޭނެގޮތްވެސް އެކުދިންނަށް ދަސްކޮށްދޭން ޖެހޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355