twitterviber whatsapp telegramfacebookyoutube instagram
19th February 2026

މާލީ ދާއިރާއިން ކިޔެވުމަށް ބީއެމްއެލްއިން ސްކޮލާޝިޕް ދެނީ

Nov 10, 2021

ބޭންކް އޮފް މޯލްޑިވްސްއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ތައާރަފުކުރި "ބީއެމްއެލް ސްކޮލާޝިޕް ފަންޑް" އިން ސްކޮލަޝިޕްގެ ފުރުސަތުތަކެއް ކުޅުވާލައިފި އެވެ.

މިއަދު ބީއެމްއެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލަވުމެއްގައި ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑް ތައާރަފް ކޮށްދެވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާއެވެ.

ސްކޯލާޝިޕް ފަންޑް މެދުވެރިކޮށް ހުރިހާ ހަރަދަކާއިއެކު ރާއްޖެއިން ބޭރުން ބޭކިން އަދި ފައިނޭންސްގެ ދާއިރާއިން ކިޔެވުމުގެ ފުރުސަަތު ބީއެމްއެލްއިން ފަހި ކޮށްދޭނެއެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ތިން ދަރިވަރުންނަށް މި ފުރުސަތު ދޭނެކަމަށްވެސް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

މި ފަންޑުގައި ކޮންމެ އަހަރަކުމެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލައިފައެވެ. މިއީ ހުނަރުވެރި ދިވެހި ޒުވާނުން މި ދާއިރާއަށް ޝައުގުވެރި ކުރުވާ ގިނަ ޒުވާނުންތަކެއް މި ދާއިރާއިން ބިނާ ކުރުމުގެ މަގުސަދުގައި ހުޅުވާލެވުނު ފަންޑެކެވެ.

މިއީ ބީއެމްއެލްއަށް 40 އަހަރު ފުރުން އަންނަ ނޮވެމްބަރު މަހު ފާހަގަކުރުމާއި ހަމައަށް ކޮންމެ މަހަކު ހިންގަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހަރަކާތެވެ.

މިއަދު ތައާރަފް ކުރެވުނު ބީއެމްއެލް ސްކޮލާޝިޕް ފަންޑަށް ހުށައެޅުމާއި ގުޅޭ އިތުރު ތަފްސީލް ފަހުގެ ތާރީހެއްގައި ބީއެމްއެލްގެ ވެބްސައިޓުގައި ހާމަކުރާނެ ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355