twitterviber whatsapp telegramfacebookyoutube instagram
8th January 2026

ސަސުރާލް ގެންދާ ޕޫލް 2 ފަށަނީ، ޕްރޮމޯއިން ވެސް ގިނަ ސުވާލުތަކެއް

Nov 11, 2021

2010 ވަނަ އަހަރު ސްޓާރ ޕްލަސް އިން ގެނެސްދިން ކާމިޔާބު ޑްރާމާ ސިލްސިލާ "ސަސުރާލް ގެންދާ ޕޫލް" ގެ ދެވަނަ ބައެއް ފެށުމަށް ތައްޔާރުވަމުން އަންނައިރު ސީރީޒްގެ ޕްރޮމޯ މިހާރުވަނީ ދައްކާލާފައެވެ.

ގިނަ ބައެއްގެ ތަރުހީބު ލިބުނު މި ޑްރާމާ ނިންމާލިތާ ގާތްގަނޑަކަށް 10 އަހަރުފަހުން ދެވަނަ ބައެއް ފަށަން ތައްޔާރު ވަމުން އަންނަ އިރު ޕްރޮމޯ ބެލި ފަރާތްތަކަށް ޑްރާމާގެ ބަތަލާގެ ރޯލުން މި ފަހަރުވެސް ރާގިނީ ކަންނާ ފެންނާނެ ތޯ ވަނީ ސުވާލު އުފެދިފައެވެ. ޑްރާމާގެ ބަތަލުގެ ބައި މިފަހަރުވެސް ކުޅެނީ ޖޭ ސޯނީ އެވެ.

ޕްރޮމޯއިން ފެނިގެންދަނީ ޑްރާމާގެ ލީޑް ދެ ކެރެކްޓާ އިޝާން ކައްޝަޕް އާއި ސުހާާ ބާޖްޕައި ރެސްޓޯރެންޓެއްގައި ކާން ތިއްބަ އެވެ. އެއިރު ސުހާނާ ފޯނުން އިޝާންއަށް ކަމުދަނީ ކޮންކުއްޖެއްތޯ އަހަމުން އެކި އަންހެން ކުދިންގެ ފޮޓޯ ދައްކަމުން ގެންދެއެވެ. ހިތްހަމަނުޖެހި ހުރެ އިޝާން އިތުރަށް ކައިވެންޏެއް ނުކުރެވޭނެކަމަށް ބުނެއެވެ. ޕްރޮމޯ ނިމޭތަނުގައި ފެންނަނީ އިޝާން އެކަނި އިނދެ ވާހަކަ ދައްކާތަނެއެވެ. އެތަނުގައި ސުހާނާއެއް ނީނދެއެވެ.

އެހެންކަމުން ސުހާނާގެ ކެރެކްޓާއަށް ވީގޮތެއް އެނގޭނީ ސީރީޒް ފެށުމުންނެވެ. މި ފަހަރު މި ސީރީޒްގެ ފެށުންވެސް ޝައުގުވެރި ވެގެން ދިޔައިރު ބެލުން ތެރިންނާއި ހަމައަށް ދެވަނަ ބައި އަންނާނީ އަދި ކޮންއިރަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355