twitterviber whatsapp telegramfacebookyoutube instagram
18th June 2026

ގޯލްޑް 100ގެ ޕްލެޓިނަމް ޕާޓްނަރަކަށް މިއަހަރުވެސް ބީއެމްއެލް

ޚަދީޖާ އާދަމް
Nov 17, 2021

ދިވެހި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ކޮންމެ އަހަރަކު ދެވޭ 'ގޯލްޑް 100' އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރގެ ގޮތުގައި ބައިވެރިވެއްޖެއެވެ.

ދިވެހިރާއްޖެއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެންމެ ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ އެއް ގައުމަށްވުމާއެކު ބީއެމްއެލްއިން ވަނީ ވީހާވެސް އަވަހަށް ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދު ނެގެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

މިގޮތުން ބޭންކުން ވަނީ ފަތުުރުވެރިކަމުގެ ސިނާޔަތައް ހާއްސަކޮށް ޝޯޓް-ޓާމް ފައިނޭންސިންގ ތައާރަފްކޮށް، ބޭންކުން ދޫކޮށްފައިވާ ހުރިހާ ލޯނާއި ފައިނޭންސިންގްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

'ގޯލްޑް 100' އަކީ ރާއްޖޭގެ ކުރިއަރާފައިވާ ކުންފުނިތަކާ ބެހޭގޮތުން އަހަރަކު އެއްފަހަރު ޝާއިއުކުރާ ލިސްޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355