twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރައްޔިތުންގެ އަޑު ގާތުން، ރަނގަޅު ފެށުމެއް

ނަބީލާ އިސްމާޢީލް
Nov 28, 2021
4

ދައުލަތުގެ އިދާރާތަކުގެ ތެރެއިން ރައްޔިތުންނާ އެންމެ ގާތުން ސީދާ ހިދުމަތްދޭ، ދައުލަތުގެ އެންމެ ބޭރު ފަށަލައަކީ ކައުންސިލްތަކެވެ. ރައްޔިތުންގެ ޝަކުވާތަކުގެ އަޑު އަހައި އެކަމަށް ހައްލު ހޯދައިދިނުމަކީ ކައުންސިލްތަކުގެ ބޮޑު ޒިންމާއެކެވެ.

މައި ސަރުކާރާ ހަމައަށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި އުދާސްތައް އުފުލައިދޭ އެންމެ އިސް އިދާރާއަކީވެސް ކައުންސިލްތަކެވެ. އެހެންވުމުން އެކަމަށް އިސްނަގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން މިވަނީ ރައްޔިތުންގެ ޝަކުވާތައް ފަސޭހައިން އަޑުއެހޭނެ ނިޒާމެއް ގާއިމުކޮށްފަ އެވެ.

މެމްބަރުންނާއި ކައުންސިލުންތައް އިންތިހާބުވުމަށްފަހު ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެސްވެފައި އޮންނަނީ ރައްޔިތުން ޝަކުވާތަކާއެކު ގުޅުމުން މެމްބަރުންނަށް ނުގުޅޭ ފޯނަށް ޖަވާބު ނުދޭ މައްސަލަ އެވެ.

މެމްބަރަކަށްވުމަށް ބިޒީވާ މައްސަލައަކީ ރައްޔިތުން ކޮންމެހެން ބަލަން މާ ޝައުގުވެރިވާކަމެއް ނޫންނެވެ. ބޭނުންވެފައި ވަނީ އުދާސްތައް ބަންޑުކޮށްލެވޭނެ ގޮތެކެވެ. އެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން "ރައްޔިތުންގެ އަޑު ގާތުން" ނަމުގައި ހާއްސަ ޕްރޮގުރާމެއް ސިޓީ ކައުންސިލުން އިފްތިތާހުކޮށް، ފުރަތަމަ ބައްދަލުވުމުން މިވަނީ ކުރިއަށްގެންގޮސްފަ އެވެ.

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ ކައުންސިލަރުންނަށް ބަންޑުކޮށްލުމަށް ކޮންމެ ހަފުތާއެއްގެ ހޯމަދުވަހު ބާއްވާ މި ބައްދަލުވުމުގައި މަދުވެގެން ދެ މެމްބަރަކު ބައިވެރިވެޑައިގަންނަވާނެ އެވެ.

އެގޮތުން ކޮންމެ ހޯމަ ދުވަހެއްގެ 13:00 އިން 14:00 އަށް ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައި ބާއްވާ މި ބައްދަލުވުމުގައި ރައްޔިތުންގެ ހިޔާލާއި ޝަކުވާ ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ޕްރޮގުރާމުގެ ފުރަތަމަ ބައްދަލުވުމުންވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން "ރައްޔިތުންގެ އަޑު ގާތުން" ގެ ފުރަތަމަ ބައްދަލުވުމުގައި ހަތަރު މީހަކު ބައްދަލުކޮށްވަނީ ހިޔާލާއި ޝަކުވާ ހުށަހަޅާފަ އެވެ.

ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އެމްބިއުލާންސްގެ ޑްރައިވަރުންނެވެ. މި ބައްދަލުވުމުގައި މޭޔަރާއި ޑެޕިއުޓީ މޭޔަރާއި މެމްބަރުންވަނީ ބައިވެރި، ޝަކުވާތައް އަޑުއައްސަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355