twitterviber whatsapp telegramfacebookyoutube instagram
24th October 2026

ދަރަނި އަދާކުރުމަށް ދަތިތަކެއް އެބަހުރި

ޚަދީޖާ އާދަމް
Nov 22, 2021

ދައުލަތުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާގައި އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވާޑްރޯކުރުމުގެ ހުއްދަ ދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ގޮންޖެހުންތަކެއް ހުރިކަމުގައި ވިއަސް އެ ދަރަނިތައް އަދާކުރަން އަންނަ އަހަރުގެ ބަޖެޓްގައި ފައިސާ އެބަހުރިކަމަށެވެ.

ރައީސް ނަޝިދު ވިދާޅުވީ ރާއްޖެއިން ނަގާފައިވާ ދަރަނިތައް ދެއްކުން ސަރުކާރަށް އިންތިހާއަށް އުނދަގޫކަމަކަށް ވެފައިވާކަމަށެވެ. ދައުލަތުގެ ދަރަނީގެ ޖުމްލަ އަދަދުތަކަށް ބަލާއިރު ދަރަނި ދެއްކޭ މިންވަރަށް ދައުލަތަށް އާމްދަނީ ނުލިބޭކަަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އަދި ކުރިއަށް އޮތްތަނުގައި ދައުލަތަށް ވަރަށްބޮޑު އާމްދަނީއެއް ލިބިގެން މެނުވީ ދައުލަތަށް މިކަން ފަސޭހަ ނުވާނެ ކަމަށާއި އަދި ދަރަނި އަނބުރާ ދެއްކުމަށް ބަޖެޓް ކޮށްފައިވާ އަދަދަށް ފައިސާ ހުރިކަން ޔަގީންކުރުމާއި، ދަރަނި ދެއްކުމަށްފަހު ދައުލަތުގެ ހަޒާނާގައި ފައިސާ ހުންނާނެ މިންވަރެއް ބެލުން މުހިއްމުކަމަށް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293