twitterviber whatsapp telegramfacebookyoutube instagram
4th May 2024

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށްފި

މުޙައްމަދު އަހުމަދު
Nov 22, 2021

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށައިފި އެވެ.

ހިދުމަތްދޭން ފަށާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ބީއެމްއެލްގެ ބޭންކިން ސިސްޓަމްގެ މުހިންމު އަޕްގްރޭޑް މަސައްކަތެއް ކުރަމުން ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބީއެމްއެލްގެ އިންޓަނެޓް ބެންކިންގެ ހިދުމަތް އިއްޔެ ވަގުތީ ގޮތުން މެދުކަނޑާލިއިރު އެމައްސަލަ ހައްލުކޮށް މިހާރު ވަނީ ހިދުމަތްދޭން ފަށާފަ އެވެ.

ހިދުމަތް މެދުކެނޑިފައި ހުރިއިރު އިންޓަނެޓް ބޭންކިން އެޕުން އެކައުންޓުގައި ފައިސާ ހުރިކަމަށް ނުދައްކާއިރު އިންޓަނެޓް ބޭންކިންގެ އިތުރުން ހިދުމަތް މެދުކެނޑިފައިވާ ވަގުތުތަކުގައި ވިޔަފާރި ކުރުމުގައި ވެސް ބީއެމްއެލް ކާޑު މެދުވެރިކޮށް ފައިސާ ނުދެއްކޭގޮތް އިއްޔެ ދިމާވި އެވެ. އެހެންނަމަވެސް އެކަން އިއްޔެ ހަވީރު ވަނީ ހައްލުކޮށްފަ އެވެ.

ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށްޓަކައި ބީއެމްއެލްއިން ވަނީ އެކަމަށް މައާފަށް އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355