ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް ހާއްސަކޮށްފައިވާ މުރައިދޫގެ ހިމެނޭ ސަރަހައްދުގައި ރަތް ރޮނގު ދަމާ ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
މިއީ ރައީސް ނަޝީދަށް މެއި ހައެއްގައި ދެވުނު ހަމަލާއަށްފަހު ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އެމަނިކުފާނުގެ ނައިބް ފައިސަލް ނަސީމާއި އަދި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދްނާން ދިރިއުޅުއްވާ ގެކޮޅުގައިވެސް ރަތް ރޮނގު ދަމާފައެއް ނުވާއިރު މިއީ މާލޭގައި މި ފަހުން ރެޑް ޒޯންގެ ގޮތުގައި ކަނޑައެޅި ފުރަތަމަ ފަހަރެވެ.
އަވަސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މާލެ ސިޓީ ކައުންސިލުން މުރައިދޫގެ ހިމެނޭ ސަރަހައްދުގައި ރަތް ރޮނގު ދަމާފައިވަނީ އެމްއެންޑީއެފުން އަންގައިގެންނެވެ. އެމްއެންޑީއެފުން ސިޓީ ކައުންސިލަށް އަންގާފައިވަނީ ސެކިއުރިޓީ ސަބަބުތަކަށްޓަކައި މުރައިދޫގެ ހިމެނޭ ސަރަހައްދުގައި ރަތް ރޮނގު ދެމުމަށް ކަމަށް އަވަސްއިން ހާމަކޮށްފައިވެ އެވެ.
ދެން މުރައިދޫގެ ހިމެނޭ ސަރަހައްދުގައި މަޑުކުރުން މަނާވާނެ އެވެ.