twitterviber whatsapp telegramfacebookyoutube instagram
1st July 2025

އެސްޓީއޯގެ ފަރާތުން އަލަށް އުފަންވާ ކުދިންނަށް ހަދިޔާދޭ ޕްރޮމޯޝަނެއް

މުޙައްމަދު އަހުމަދު
Nov 24, 2021

ޓްރީޓޮޕް ހޮސްޕިޓަލުގައި އަލަށް އުފަންވާ ކުދިންނަށް ހަދިޔާދޭ ޕްރޮމޯޝަނެއް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ހަދިޔާ ލިބޭނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އަލަށް އުފަންވާ ކުދިންނަށް އެކަނިކަމަށްވާއިރު "ފަހުރުވެރި އާއިލާ"ގެ ނަމުގައި އެސްޓީއޯއިން ފަށާފައިވާ މި ޕްރޮމޯޝަންގެ ދަށުންދޭ ގިފްޓް ހޭމްޕާ ތެރޭގައި އަލަށް އުފަންވާ ދަރިފުޅަށް ބޭނުންވާ ސާމާނު ހުންނާނެ އެވެ.

މީގެއިތުރުން މައިމީހާއަށް ބޭނުންވާ ސާމާނުވެސް މި ގިފްޓް ހޭމްޕާ ތެރޭގައި ހުންނާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެ އެވެ.

މީގެތެރޭގައި ދުނިޔޭގެ ނަންހިނގާ މަޝްހޫރު ބްރޭންޑުތަކުގެ ސާމާނު ހިމެނެ އެވެ. އަދި ރާއްޖޭގައިވެސް ނަންހިނގާ މަޝްހޫރު ބްރޭންޑުތަކުގެ ސާމާނު ހިމެނޭ މި ގިފްޓް ހޭމްޕާގައި ހަގީސް ބްރޭންޑުގެ ނެޕީ، ވޮންޑަ ޕޭންޓްސް އާއި ޕިއުރިޓީ ބްރޭންޑުގެ ލޯޝަނާއި ޝޭމްޕޫގެ އިތުރުން ފެންވަރުވާ ސާމާނު ހިމެނެ އެވެ.

އެސްޓީއޯއިން ވިއްކާ ކުޑަކުދިންނަށް ހާއްސަ އުފެއްދުންތައް ވެސް މި ގިފްޓް ހޭމްޕާގައި ހިމެނޭއިރު މި ޕްރޮމޯޝަން ކުރިއަށް ދާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355