twitterviber whatsapp telegramfacebookyoutube instagram
21st February 2025

ފާޑުކިޔުން އަމާޒުވުމުން އެސްޓީއޯއިން ކުޅުދުއްފުށީގައި ވިއްކަމުންދާ އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފި

އަބްދުލް ވާހިދު ޙަސަން
Feb 19, 2025
3

ފާޑުކިޔުން އަމާޒުވުމުން އެސްޓީއޯއިން ކުޅުދުއްފުށީގައި ވިއްކަމުންދާ އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފި އެވެ.

ރޯދައާ ދިމާކޮށް އާންމު ކާބޯތަކެތީގެ އަގު ހިފެހެއްޓުމުގެ ގޮތުން އެސްޓީއޯ އިން ގެނައި ފިޔާ އާއި އަލުވި އަދި ބިހުގެ ތެރެއިން އަލުއްވާއި ބިހުގެ އަގު އެސްޓީއޯގެ އައްޑޫ ފިހާތަކަށް ވުރެ އެ ކުންފުނީގެ ކުޅުދުއްފުށީ ފިހާރައި ވިއްކަމުންދިޔައީ އަގުބޮޑު ކޮށެވެ.

އެގޮތުން އެންމެ ފުރަތަމަ އަލުވި ބަސްތާއެއް ވިއްކީ، 480 ރުފިޔާ އަށެވެ. އަދި ބިސް ކޭހެއް ވިއްކީ 400 ރުފިޔާއަށެވެ. އެކަމަކު ފިޔާ ބަސްތާއެއް ވިއްކަމުންދިޔައީ އައްޑޫގައި ރީޖަނަލް ފިހާރަތަކާ އެއް އަގެއްގަ އެވެ. އެކަމަކު ބުދަ ދުވަހު ބިސްކޭހެއް ވިއްކީ 350 ރުފިޔާއަށެވެ.

ނަމަވެސް އެސްޓީއޯގެ އައްޑޫ، ހިތަދޫ ފިހާރައިގައި އަލުވި ބަސްތާއެއް 310 ވިއްކަމުންދާއިރު ފިޔާ ބަސްތާއެއް ވިއްކަމުންދަނީ 310 ރުފިޔާއަށެވެ. އަދި ބިސް ކޭހެއް ވިއްކަނީ 320 ރުފިޔާއަށެވެ.

އެސްޓީއޯގެ ދެ ފިހާރައިގައި ތަކެތީގެ އަގުގައި ބޮޑެތި ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ މީސްމީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ، ހިތަދޫ އާއި ކުޅުދުއްފުށީގައި އެސްޓީއޯގެ އަގުގައި ތަފާތު ހުރުމަކީ ވެގެންވާނެ ގޮތެއް ނޫން ކަމަށެވެ.

ކުޅުދުއްފުށީގައި ޕޯޓެއް އޮންނައިރު މީގެ ކުރީގެ ގިނަ ރޯދަމަސްތަކަށް ދިމާކޮށް އެސްޓީއޯއިން މިތަކެތި ގެންނަނީ އިންޑިޔާއިން ސީދާ ކުޅުދުއްފުއްޓަށެވެ. އެ އަހަރުތަކުގައި މިތަކެތީގެ އަގުތައް ވަރަށް ބޮޑުތަނުން ހެޔޮވެ އެވެ.

ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވުމުން އެސްޓީއޯ ކުޅުދުއްފުށީ ފިހާރައިގައި ވިއްކަމުންދާ ފިޔާ، އަލުވި އަދި ބިސް ވަނީ އަގުހެޔޮކޮށްފަ އެވެ. އެގޮތުން މިހާރު ފިޔާ ބަސްތާއެއް 310 ރުފިޔާއަށް ވިއްކަމުންދާއިރު އަލުވި ބަސްތާއެއްވެސް އުޅެނީ 310 ރުފިޔާއަށެވެ. އަދި ބިސްކޭހެއް އަގު މިހާރު ހުރީ 320 ރުފިޔާއަށެވެ.

އެކަމަކު އެސްޓީއޯއިން މިކަން ދޮގުކުރެ އެވެ. އެކުންފުނީގެ މީޑިއާ އޮފިޝަލަކު ކޭއޯއަށް މައުލޫމާތުދެމުން ވިދާޅުވީ، ތަކެތީގެ އަގު އެއްހަމަ ކުރީ ފާޑުކިޔައިގެން ނޫން ކަމަށެވެ. ހިތަދޫގައި އެތަކެތި އަގުހެޔޮކޮށް ވިއްކީ އެތަނުގެ އާންމު ބަޔަކު އެތަކެތި ގެނެސް އަގުހެޔޮކޮށް ވިއްކާތީ އެ އަގުގައި ވިއްކުމަށެވެ.

އަގަށް ބަދަލުގެންނަނީ މާކެޓްގެ އަގަށް ބަލައިގެން ކަމަށާއި ޕެރިޝަބަލް ތަކެތިވުމުން ކޮންމެ ދުވަހުވެސް އަގަށް ބަދަލު އަންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގެވެސް އެތަކެތީގެ އަގު ބަދަލުވާނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެސްޓީއޯ އިން މިހެން ބުނިނަމަވެސް މިތަކެތީގެ އަގު މިގެ ކުރިން މިހާ ތަފާތު ބޮޑު އަގެއްގައި ކުޅުދުއްފުށީގައި ވިއްކާފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355