twitterviber whatsapp telegramfacebookyoutube instagram
23rd September 2026

17 އަހަރުގެ ކުޅުންތެރިއަކާ އަދި އިތުރު 2 ކުޅުންތެރިއަކު ސީނިއާ ޓީމަށް

މުޙައްމަދު އަހުމަދު
Nov 24, 2021

އަންނަ މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތައްޔާރުވަމުންދާ ސެންޓްރަލް ޒޯން މެންސް ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ޓީމަށް އުމުރުން 17 އަހަރުގެ މާއިޝް އަހްމަދު ހިމަނާ އަދި އަލަށް އިތުރު ދެ ޒުވާން ކުޅުންތެރިން ހިމަނައިފި އެވެ.

ސީނިއާ ގައުމީ ޓީމަށް އަލަށް ނެގި ތިން ކުޅުންތެރިންނަކީ މާއިޝް އަހްމަދު (17އ) ޝާމިލް މުހައްމަދު (20އ) އަދި އަހްމަދު ނާފިއު (19އ) އެވެ. މާއިޝް، ނާފިއު އަދި ޝާމިލް އަކީ މިމަހު ބޭއްވި ގައުމީ ބީޗް ވޮލީ މުބާރާތުގެ ވިދާލި 3 ހުނަރެވެ.

މީގެއިތުރުން މާއިޝްއަކީ ގައުމީ ބީޗް ވޮލީގެ ތާރީހުގައި ޗެމްޕިއަން މެޑަލް ހޯދި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. މާއިޝްއަކީ ތ. މަޑިފުއްޓަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

ހައިލަމް ހަސަންއާ އެކު ފިރިހެން ޑިވިޝަންގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން މާއިޝް ހޯދިއިރު ޝާމިލް އާއި ނާފިއު ވަނީ މުބާރާތުގެ 23 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

މިފަހަރުގެ ގައުމީ ޓީމަކީ ތަޖުރިބާކާރު ކޯޗު އިސްމާއީލް ސާޖިދު (ކާއްޓޭ) ގެ ބެލުމުގެ ދަށުން އެކުލަވާލި ޓީމެކެވެ. ރާއްޖެ ވާދަކުރާ ސެންޓްރަލް ޒޯންގެ ބީ ގުރޫޕްގެ މެޗުތައް އޮންނާނީ އަންނަ މަހު 7 - 13 އަށެވެ. އަދި އަންހެން މުބާރާތް ޑިސެމްބަރު 20 - 31 އަށް އޮންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293