twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

މުޙައްމަދު އަހުމަދު
Nov 24, 2021
1

2022 ވަނަ އަހަރަށް 37 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާ ބަޖެޓު ފިނޭންސް މިނިސްޓްރީން ފާސްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް 36.92 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ މިދިޔަ މަހުގެ ތެރޭގައި ފޮނުވާފަ އެވެ. އެހެންނަމަވެސް ބަޖެޓު ދިރާސާކުރި ކޮމިޓީން ރިޕޯޓު ފޮނުއްވިއިރު ވަނީ 37 ބިލިއަން ރުފިޔާއަށް ބަޖެޓު ބޮޑުކޮށްފަ އެވެ.

މިބަޖެޓް ފާސްވީ މަޖިލީހަށް ހާޒިރުވެ ތިއްބެވި 73 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓު ދއްވިއިރު އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ މެމްބަރަކު ހިމެނިވަޑައެއް ނުގަންނަވަ އެވެ.

ބަޖެޓަށް ވޯޓަށް އެހި ވަގުތު އިދިކޮޅު މެންބަރުން ވަނީ ނުރުހުން ފާޅުކޮށް ބަޖެޓާ ދެކޮޅަށް އަޑު އުފުލާފަ އެވެ.

ބަޖެޓުގައި ހިމެނޭ ބައިތައް:

ޖުމްލަ ބަޖެޓް:37 ބިލިއަން ރުފިޔާ

އާމްދަނީ: 24.2 ބިލިއަން ރުފިޔާ

ޕީއެސްއަައިޕީ: 6.2 ބިލިއަން ރުފިޔާ

ޑެފިސިޓް: 9.7 ބިލިއަން ރުފިޔާ

ޖުމްލަ ހަރަދު: 34 ބިލިއަން ރުފިޔާ

އަންނަ އަހަރަށް ކަނޑައަޅާފައިވާ ތަސައްވުރުގައި ޖީޑީޕީ 88 ބިލިއަން ރުފިޔާއަށް އެރުވުމާއި 1.6 މިލިއަން ޓޫރިސްޓުން ގެނައުމުގެ އިތުރުން 657 މިލިއަން ޑޮލަރަށް ރިޒާވް އިތުރުކުރުން ވެސް ހިމެނެ އެވެ.

އަންނަ އަހަރުގެ ޖީޑީޕީ 84 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު މި އަހަރުގެ ޖީޕީޑީ ހުންނާނެ ކަމަށް އަންދާޒާ ކުރަނީ 74 ބިލިއަން ރުފިޔާ އާއި 82 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355