twitterviber whatsapp telegramfacebookyoutube instagram
6th February 2025

އަންނަ އަހަރު ރާއްޖެއިން ބޭރަށް ފުރާ ދިވެހީންނަށް 1،000 ޑޮލަރު ދޫކުރާނަން: ރައީސް

Feb 6, 2025

އަންނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ދިވެހިންނަށް ވެލާނާ އެއާޕޯޓުން ފުރާ ކޮންމެ މީހަކަށް، ދޫކުރާ ޑޮލަރު ދެގުނަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން އިއުލާން ކުރެއްވީ މިއަދު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މިއަހަރު ފެށުނު އިރު ބޭރުފައިސާގެ އާ ގާނޫނަކަށް ވަނީ އަމަލުކުރަން ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ، ބެރުފައިސާގެ ޤާނޫނު ތަންފީޒުވާން ފެށުމުން ރަސްމީ ރިޒާވަށް އޭގެ އަސަރު އަވަސް މުސްތަޤުބަލެއްގައި ކުރާނެކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު ރަސްމީ ރިޒާވް 590.5 މިލިޔަން ޑޮލަރުގައި ހުރިއިރު، މިދިޔަ އަހަރުގެ ނިޔަލަށް 673 މިލިޔަން ޑޮލަރަށް ރަސްމީ ރިޒާވް ވަނީ އިތުރުކުރެވިފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ އަމާޒަކީ މިއަދަދު 705.1 މިލިޔަން ޑޮލަރަށް ރަސްމީ ރިޒާވު އިތުރުކުރުމެވެ.

މިއާއެކު ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. މިގޮތުން ބޭރުފައިސާގެ ޤާނޫނު ތަންފީޒުވާން ފެށުމުން ރައިސް ވިދާޅުވީ ވެލާނާ އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ދޫކުރަމުންދާ 500 ޑޮލަރު ދެގުނަކޮށް ކާޑު ލިމިޓު އަންނަ އަހަރުގެ ދެވަނަ ކުއަޓާގައި ބޮޑުކޮށްދޭވޭނެ ކަމަށެވެ.

"ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ. އަދި 2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ. މިކަންކަންކަމަކީ ޤާނޫނު ތަންފީޒުވަމުންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި، ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަންކަން. " ރައީސް ވިދާޅުވިއެވެ.

ބޭރުފައިސާގެ ތާށިކަމާއެކު، ސަރުކާރުން ނިޒާމީ ގޮތެއްގައި ދޫކޮށްލެއްވިފައި އޮތް ބޭރުފައިސާގެ ކަޅު ބާޒާރުގެ މައްސަލަ ހައްލުކުރުމަށް ވަނީ ފަށާފައެވެ. މީގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތައްވެސް މި ބާޒާރަށް ބާރޯސާވުން ހުއްޓުވުމަކީ ސަރުކާރުގެ އަމާޒަކެވެ. އަދި ދިވެހި ވިޔަފާރިތަކަށް ބޭރުން މުދާ ގަތުމަށް ޓީޓީ ކުރުމަށް އިތުރަށް ބޭރުފައިސާ ފޯރުކޮށްދެވޭނެއެވެ.

" 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެ. އަދި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރީން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ. " ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ބޭރުފައިސާގެ ޤާނޫނެއް ތައާރަފްކުރުއިރު، ރާއްޖޭގެ ބޭރުފައިސާއިން އާމްދަނީ ލިބޭ ހުރިހާ ވިޔަފާރިއަކުންވެސް، ދިވެހި ރާއްޖޭގައި ހިންގަމުންދާ ބޭންކުތަކަށް ބޭރުފައިސާ މާރުކުރަން ޖެހެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ވިޔަފާރިތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން މާރުކަން ޖެހޭއިރު، އެހެން ވިޔަފާރިތަކުން އާމްދަނީގެ ގޮތުގައި 15 މިލިއަން ޑޮލަރު ލިބޭނަމަ އާމްދަނީ 20 އިންސައްތައަށް ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މިފުރުސަތު ފަތުރުވެރިކަމުގެ ވިޔަފާރިތަކަށްވެސް ވަނީ ފަހިވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355