twitterviber whatsapp telegramfacebookyoutube instagram
20th April 2024

މި ދައުރު ނިމުމުގެ ކުރިން މުހިއްމު ފަސް ބިލެއް ނިންމަނީ

ޚަދީޖާ އާދަމް
Nov 24, 2021

ރައްޔިތުންވެ މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ފަސް ބިލެއް މި ދައުރު ނިމުމުގެ ކުރިން ނިންމަން މަަސައްކަތް ކުރަމުންދާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި ދައުރު ނިންމަން އެންމެ ބޮޑަށް އަމާޒު ހިފާފައިވާ ބިލެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރެއްވީ މަދަނީ އިޖުރާތުގެ ބިލެވެ. އެމަނިކުފާނު ވިދާޅުވީ މި ބިލަކީ ލާމަރުކަޒީ ގާނޫނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާއި މަސްވެރިކަމުގެ ގާނޫނާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ގާނޫނު ފަދަ ބޮޑު މުހިންމު ބޮޑު ބިލެއް ކަމަށެވެ.

އެކި އެކި މައްސަލަތަކުގައި ބަދަލުނަގައިދިނުމުގައި ރިއާޔަތްކުރަން ޖެހޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި މަދަނީ އިޖުރާތުގެ ބިލުގައި 350 އަށް ވުރެ ގިނަ މާއްދާ ހިމެނޭ އިރު އެ ބިލު ލަސްވަނީ ސަރުކާރާ ހެދި ކަމަށް ބުނެ އެ ބިލު ދިރާސާކުރާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މެމްބަރުން މި އަހަރު ކުރީ ކޮޅު ސަރުކާރަށް ވަރަށް ބޮޑަށް ފާޅުވެސް ވިދާޅުވި އެވެ.

މި ދައުރުގައި ނިންމަން އަމާޒު ހިފި އެހެން މުހިންމު ބިލުތަކުގެ ތެރޭގައި އެއްގަމު ދަތުރުފަތުރާއި ކަނޑު ދަތުރު ފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލާއި، މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް ހިމެނެއެވެ. އަދި މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް ވެސް ހިމެނެއެވެ.

މީގެ އިތުރުން ޖިންސީ ކުށުގެ ގާނޫނަށް ގެނެވޭ ދެ އިސްލާހުގެ ބިލާއި އެއްމެދު އިމާރާތާ ގުޅޭ ބިލާއި، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލާ މެދުވެސް މަޖިލީހުން ގޮތެއް ނިންމަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355