twitterviber whatsapp telegramfacebookyoutube instagram
27th April 2026

މަހުގެ މިހާތަނަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

ޚަދީޖާ އާދަމް
Nov 25, 2021
1

މިމަހުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް 104693 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރު މި މުއްދަތާއި އަޅާ ބަލާއިރު، 329.5 އިންސައްތަ އިތުރު އަދަދެކެވެ.

މަހުން މަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު ފާއިތުވީ 5 މަސް ދުވަހުވެސް ކޮންމެ މަހަކު ރާއްޖެއަށް ވަނީ ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1،117،621 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4759 ފަތުރުވެރިން އާދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355