twitterviber whatsapp telegramfacebookyoutube instagram
17th March 2026

ބީއެމްއެލްގެ ވާއު ކިޑްސް ރަން އަންނަމަހު ބާއްވަނީ

މުޙައްމަދު އަހުމަދު
Nov 25, 2021

ބީއެމްއެލާއި ޓީއެފްޖީ ގުޅިގެން ބާއްވާ ބީއެމްއެލްގެ ވާއު ކިޑްސް ރަން އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ މިއިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ.

އިވެންޓްގައި ބައިވެރިވެވޭނީ 4 އަހަރާއި 6 އަހަރާ ދެމެދު ކުދިންނަށާއި 6 އަހަރާއި 8 އަހަރާ ދެމެދު ކުދިންނަށާއި 8 އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންގެ އިތުރުން 10 އަހަރާއި 13 އަހަރުގެ އުމުރު ފުރާގެ ކުދިންނަށް ކަމަށް ބީއެމްއެލުން ހާމަކުރެ އެވެ.

ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހު ހުޅުވާލާއިރު ދުވުމުގައި ބައިވެރިވާ ކުދިންގެ ތެރެއިން ހަތަރު އަހަރުން ފެށިގެން 10 އަހަރުގެ ކުދިން ދުވާނީ ބެލެނިވެރިޔަކާ އެކުގަ އެވެ. މި އަހަރުގެ ދުވުމުގައި ވެސް 1200 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދޭނެ އެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުގް ތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355