twitterviber whatsapp telegramfacebookyoutube instagram
20th February 2026

ބޯޑަރުތައް ބަންދުކުރުމަކީ ގެއްލުން ބޮޑު ވިސްނުމެއް

ޚަދީޖާ އާދަމް
Nov 27, 2021
1

ކޮވިޑާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމަކީ ގެއްލުން ބޮޑު ވިސްނުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ހިމެނޭ ވަޓްސްއަޕް ގުރޫޕަކަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކޮވިޑާ ގުޅިގެން އަނެއްކާވެސް ރާއްޖެ ބަންދުކުރަން ވިސްނުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވީ ދެކުނު އެފްރިކާއިން ފެނިގެން އުޅޭ ކޮވިޑްގެ އާ ވޭރިއަންޓް "އޮމިކްރޯން" އާ ގުޅިގެން ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރުމަށް މިއަދު ޓެކްނިކަލް އެޑްވައިޒަރީ ޓީމުގެ ބައްދަލުވުމެއް ބޭއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާފައި ވަނިކޮށެވެ.

ކޮވިޑް 19އާއި ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ނިންމުމުން ވެސް ރައީސް ނަޝީދު ވަނީ އެކަން އެގޮތަށް ނުކުރަން ސަރުކާރަށް އިލްތިމާސް ކުރައްވާފަ އެވެ.

ކޮވިޑާ ގުޅުވައިގެން ދައްކަވަމުން ގެންދަވާ ވާހަކަތަކުގައި ރައީސް ނަޝީދު އަބަދުވެސް ގެންދަވަނީ އެއީ އާންމު ބަލިމަޑުކަމެއް ދެކިގެން އާންމު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އިގްތިސާދީ ހަރަކާތްތައް ވެސް ހިންގޭ ގޮތަށް ކުރިއަށް ދިއުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355