އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ކޮލްކަޓާ ނައިޓް ރައިޑާސް (ކޭކޭއާރް) ކުޅުނު މެޗެއްގައި އެޓީމު ބަލިވަމުން ދިޔަ ވަގުތު އެކްޓަރު ޝާހްރުކް ހާން އެތަނުގައި ހުރެ އެކްޓްރެސް ޖޫހީ ޗަވްލާއަށް ވަރަށް އެއްޗެހި ކީކަމަށް ޖޫހީ ބުނެފި އެވެ.
އެކްޓަރުންގެ އިތުރުން ޖޫހީއާއި ޝާހްރުކް ކޭކޭއާރުގެ ކޯ އޯނަރުންގެ ތެރޭގައި ހިމެނޭއިރު އެމީހުން ވަނީ އެކުގައި މެޗު ބަލަން ގޮސްފަ އެވެ.
އެމެޗުގައި ޓީމުގެ ކުޅުން ދަށްވުމުން ޝާހްރުކް ޖޫހީއަށް އެއްޗެހި ކީކަމަށް ޖޫހީ ބުނެ އެވެ. ޖޫހީ މިހެން ބުނީ ކަޕިލް ޝަރްމާ ޝޯގެ ތެރެއިންނެވެ.
ޖޫހީ ބުނީ ކަންކަން އޭނާއާ އެއްކޮޅަށް ނުވަތަ އޭނާ ބޭނުންވާ ގޮތަށް ނުދާނަމަ އޭނާއަށް އަޅުކަންކުރަން ފެށޭ ކަމަށެވެ. ޖޫހީ ބުނީ އެމެޗުގައި ކުޅުންތެރިން އެބޯލް ކުރަނީ ކިހިނެއްތޯ ސުވާލު އުފައްދާ ބޯލްކުރަން ޖެހޭނީ ފީލްޑާއި އެއްގޮތަށް ކަމަށާއި މިއީ އަދި ރަނގަޅު ގޮތެއް ނޫންކަމަށް އަދި ޓީމް މީޓިންގ އެއް ބާއްވަންޖެހޭ ކަމަށް ބުނެ ޝާހްރުކް ޖޫހީއަށް ވަރަށް އެއްޗެހި ކީކަމަށެވެ.
ކުޅުންތެރިން ބޯލް ކުރާ ގޮތާއި އެކުޅުންތެރިންގެ ކުޅުން ކަމުނުގޮސްގެން ޝާހްރުކްވަނީ ޖޫހީއަށް ވަރަށް އެއްޗެހި ކިޔާފަ އެވެ. ޖޫހީ ބުނީ ޝާހްރުކް އެއްޗެހި ކިޔަން ފެށުމުން އޭނާ އެތާހުރީ ދެން ހަދަންވީ ގޮތެއް ނޭގިފާ ކަމަށެވެ.
ކޭކޭއާރު މެޗުން ބަލިވުމުން ޝާހްރުކް ޓީމް މީޓީންއަކަށް ގޮވުމުން ޖޫހީ އެތަނަށް ދިޔައީ ޝާހްރުކް އެކުޅުންތެރިންނަށް ވަރަށް އެއްޗެހި ކިޔާނެކަމަށް ބަލާފަ އެވެ. އެހެންނަމަވެސް އެތަނަށް ގޮސް ޝާހްރުކް މަޖާ ވާހަކަތަކެއް ދައްކާލާ ރަނގަޅަށް ކުޅޭލާށޭ މީޓިން ނިމުނިއްޔޭ ބުނެ އެކަކަށް ވެސް އެއްޗެހި ނުކިޔަ މީޓިން ނިންމާލަ އެވެ.