twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޕޭމަންޓް ސިސްޓަމް އޮޕަރޭޓްކުރަން ލައިސަންސަށް އެދެން އަންގައިފި

މުޙައްމަދު އަހުމަދު
Dec 4, 2021

ރާއްޖޭގައި ޕޭމަންޓް ޕޭމަންޓް ސިސްޓަމް އޮޕަރޭޓްކުރަން ލައިސަންސަށް އެދި ހުށަހެޅުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އަންގައިފި އެވެ. އެމްއެމްއޭއިން މިގޮތަށް އެންގީ ޕޭމަންޓް ސިސްޓަމް އޮޕަރޭޓްކުރާ ފަރާތްތަކުން ވަކި މުއްދަތެއްގެ ތެރޭގައި ލައިސަންސަށް އެދި ހުށަހެޅުމަށް ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގައި ލާޒިމް ކޮށްފައިވުމުންނެވެ.

ޕޭމަންޓް ސިސްޓަމް މިއަހަރު ތައާރަފު ކުރަން އެމްއެމްއޭއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައިވަނީ ދުނިޔޭގައި މިފަދަ ބޮޑެތި އަދި ގިނަ މަސައްކަތްތައް ކުރާ ދުނިޔޭގެ މަޝްހޫރު "ޓިއޭޓޯ އެވްރީ"ގެ ސަބްސިޑަރީއެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭއާ އެވެ.

ޕޭމަންޓް ސިސްޓަމް ގާނޫނު މަޖިލީހުން ފާސްކުރީ މިއަހަރުގެ އޭޕްރީލް 27 ވަނަ ދުވަހު އެވެ. ގާނޫނަށް އަމަލުކުރަން ފަށާއިރު ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ނުވަތަ ސިސްޓަމެއް އޮޕަރޭޓް ކުރަމުންދާ ފަރާތަކުން ގާނޫނަށް އަމަލު ކުރަން ފަށާތާ ހަމަސް ވަންދެން އެ ހިދުމަތްދީ ސިސްޓަމެއް އޮޕަރޭޓް ކުރެވިދާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް އެ މުއްދަތަށް ފަހު އެއްވެސް ފަރާތަކުން ހިދުމަތްދީ ސިސްޓަމެއް އޮޕަރޭޓް ކުރަން ބޭނުންވާނަމަ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ގާނޫނުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅަންވާނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އެމްއެމްއޭއިން ހާމަކުރާގޮތުގައި ލައިސަންސަށް އެދި ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ޖެހޭނީ މި ހިނގާ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުގެ ހަވީރު 4ގެ ކުރިން އެއިދާރާއަށް އީމެއިލް ކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355