twitterviber whatsapp telegramfacebookyoutube instagram
17th May 2024

އަދުހަމް 23 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ޚަދީޖާ އާދަމް
Dec 14, 2021

މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު 23 އަހަރާއި 6 މަހާއި ނުވަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގައި އަދުހަމް ވަނީ އޭނާއަށް ކުރެވުނީ ކުށެއް ކަމަށް ގަބޫލު ކުރާ ކަމަށް ބުނެފައެވެ.

ޝަރީއަތުގައި އެކަން ކުރެވުނީ ދީނީ ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ކަމަށް އަދުހަމްވަނީ ބުނެފައެވެ. އަދި އޭނާ މާފަށް އެދުނެވެ. މީގެ އިތުރުން އެފަދަ އަމަލެއް އަދުހަމްގެ ފަރާތުން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ޝަރީއަތުގައި ދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355