twitterviber whatsapp telegramfacebookyoutube instagram
27th April 2024

މެޕްސް ކޮލެޖުގެ ޖެނުއަރީ އަދި ފެބްރުއަރީ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަހުމަދު
Dec 15, 2021

އެޑްވާންސްޑް ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީއާ ހަމައަށް އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ބިޒްނަސްގެ ތަފާތު 7 ދާއިރާއެއް ހިމެނޭގޮތަށް މެޕްސް ކޮލެޖްގެ ޖެނުއަރީ/ފެބްރުއަރީ 2022ގެ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އޭގެތެރޭގައި ބިޒްނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، މާރކެޓިންގ މެނޭޖްމެންޓް، އެކައުންޓިންގ، އިންފޯރމޭޝަން ޓެކްނޮލޮޖީ، ޓްރެވެލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެ އެވެ.

މެޕްސް ކޮލެޖްގެ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ގްރޭޑް ދިހަ އެއް ނިންމާފައިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު

ލިބިގެންދާއިރު، މިކޯސް ނިންމާލުމަށްފަހު އެފަރާތްތަކަށް ބެޗެލަރސް ޑިގްރީގެ ކޯސްތަކަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދެ އެވެ.

ގްރޭޑް 10އެއް ނިންމާލުމަށްފަހު ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ އެހީގައި، އަދި 3 މަހުގެ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު އެފަރާތެއް ހިޔާރުކުރާ ދާއިރާއެއްގެ ޑިގްރީ ކޯހަކަށް ވަނުމުގެ ފުރުސަތު ލިބިގެންދެ އެވެ. އަދި ހަމަ އެހެންމެ، އޭލެވެލްގެ ތިން ފާހާއެކު ސީދާ ޑިގްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދެ އެވެ.

މެޕްސް ކޮލެޖްގެ އަމިއްލަ ނުވަތަ ލޯކަލް ހުރިހާ ކޯސްތަކަކީވެސް އޮންލައިންކޮށް އަމިއްލަ ރަށުގައި ނުވަތަ ރަށުން ބޭރުގައި މަސައްކަތްކުރާނަމަ އެތަނެއްގައި ތިބެގެން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެ ކޯސްތަކެކެވެ. އަދި މެޕްސް ކޮލެޖުން ހިންގާ ހުރިހާ ޑިގްރީ ކޯސްތަކަކީ ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމްގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެކެވެ.

މިކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 05 ފެބްރުއަރީ އެވެ. މެޕްސް ކޮލެޖްގެ ލޯކަލް ކޯސްތަކުގެ

އިތުރުން އެކޮލެޖުން ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް މިހާރުވަނީ ހުޅުވާލެވިފަ އެވެ.

އޭގެތެރޭގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝައަރގެ ޑިގްރީ އަދި މާސްޓަރސް ކޯސްތަކާއެކު އޭސީސީއޭގެ ކޯސްތައް ހިމެނެ އެވެ. މިކޯސްތަކުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 31 ޑިސެމްބަރު 2021 އެވެ. މީގެތެރެއިން އޭސީސީއޭގެ ޑިޕްލޮމާ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިހުރިހާ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށްވެސް މެޕްސް ކޮލެޖްގެ ވެބްސައިޓް (www.maps.edu.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވަނީ ފަހިކޮށްދީފަ އެވެ.

ކޮވިޑްގެ ޕެންޑަމިކްއާ ގުޅިގެން މެޕްސް ކޮލެޖުގެ ހުރިހާ ކޯސްތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަނަމަވެސް ނިއު ނޯމަލްއާ އެއްގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ހުއްދައާއެކު ބައެއް ކްލާސްތަކުގެ ކިޔެވުން މިހާރު ބާއްވަމުންދަނީ މެޕްސް ކޮލެޖުގު ކެމްޕަހުގަ އެވެ.

މެޕްސް ކޮލެޖުން މައުލޫމާތު ދޭގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ކޮލެޖްގައި ކިޔެވުން ކުރިއަށް ގެންދާނީ ދަރިވަރުންނާއި އެކޮލެޖުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ލިބޭނެފަދަ ގޮތަކަށް އެޗް.ޕީ.އޭގެ އިތުރުން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ލަފައާއި މަޝްވަރާއާއި އެއްގޮތަށެވެ. މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ކާމިޔާބު ކަމާއެކު އޮންލައިންކޮށް ކޯސްތައް ހިންގަމުން އަންނަ ކޮލެޖެކެވެ.

މަތީ ތައުލީމު އުނގަންނައިދިނުމުގެ ދާއިރާގައި 22 އަހަރު ވެފައިވާ މެޕްސް ކޮލެޖަކީ ފެންވަރު ރަނގަޅު އެންމެ ޒަމާނީ ވަސީލަތްތައް ދަރިވަރުންނަށް ފޯރުކޮށްދޭ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ކޮލެޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355