twitterviber whatsapp telegramfacebookyoutube instagram
22nd March 2026

ހަނިމާދޫގައި 2 ރެންޑަމް ސާމްޕަލް ޕޮޒިޓިވްވެ ޖުމްލަ އަދަދު 55 އަށް އަރައިފި

ނަބީލާ އިސްމާޢީލް
Dec 20, 2021

ކޮވިޑް-19 ފެތުރެމުން އަންނަ ހދ. ހަނިމާދޫއިން 2 ރެންޑަމް ސާމްޕަލް ޕޮޒިޓިވްވެ އެ ރަށުގެ ބަލިޖެހުނު މީހުންގެ އަދަދު 62 އަށް އަރައިފި އެވެ. އިއްޔެ ރެންޑަމް ސާމްޕަލެއްގެ ގޮތުގައި ޕޮޒިޓިވްވެފައިވަނީ ކުޑަކުއްޖެކެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މިހާތަނަށް އެރަށުން ކޮވިޑް ބަލިޖެހުނު މީހުންގެ ތެރެއިން 7 މީހުން ބަލިން ރަނގަޅުވެފައިވާކަމަށާއި މިހާރު ރަށުގެ އެކްޓިވްކޭސްގެ ގޮތުގައި ތިބީ 55 މީހުން ކަމަށެވެ. މިހާތަނަށް އެރަށުން 692 ސާމްޕަލް ވަނީ ޓެސްޓްކޮށްފަ އެވެ.

އެޗްޕީއޭއިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ މޮނީޓަރިންއަށް ލާފައެވެ. ހަނިމާދޫން މިފަހަރު ކޮވިޑް-19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެ ރަށު ކެފޭއެއްގައި މަސައްކަތް ކުރާ އަންހެން ކުއްޖެއް ކެވެ.

ހަލުވިކަމާއި އެކު އެރަށުގައި ބަލި ފެތުރޭތީ ހެލްތް ސެންޓަރުން އިލްތިމާސްކުރަނީ ބަލި ކޮންޓްރޯލް ކުރުމަށް ކޮވިޑް ޓާސްކްފޯސްއަށް އެއްބާރުލުން ދީގެން ކޮވިޑުން ރައްކާތެރިވުމަށްދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355