twitterviber whatsapp telegramfacebookyoutube instagram
20th March 2026

ފަތުރުވެރިކަމުގެ ރަން އަހަރުގެ ލޯގޯ ޖެނުއަރީ 1ން ފެށިގެން ބޭނުންކުރާ ގޮތަށް ނިންމައިފި

Dec 22, 2021

ޖެނުއަރީ 1ން ފެށިގެން ފަތުރުވެރިކަމުގެ ރަން އަހަރުގެ ލޯގޭ ބޭނުންކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބުނީ 2022 ވަނަ އަހަރަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރު ކަމަށްވުމާއެކު، އެ އަހަރު ފާހަގަކުރެއްވުމުގެ ގޮތުން، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން "2022 :ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ލޯގޯ، ސަރުކާރުގެ ހުރިހާ އިދާރާތަކުން ފޮނުއްވާ ރަސްމީ ސިޓީ ތަކާއި، އީ-މެއިލް ފުޓަރތަކުގައި އެއް އަހަރުގެ މުއްދަތައް ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ރައީސްގެ އޮފީހުން ބުނީ މިނިސްޓްރީ އޮފް ޓޫރިޒަމުން މި ލޯގޯ ޖެއްސެވުމަށްޓަކައި އެކަމާބެހޭ މައުލޫމާތު، ސަރުކާރުގެ އޮފީސްތަކަށް ދޭނެ ކަމަށެވެ.

އަދި އެ މައުލޫމާތު ލިބިވަޑައިގަތުމުން ސަރުކާރުގެ އޮފީސްތަކުން ލޯގޯ ޖައްސަވަމުން ގެންދެވުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރު ކުރެއްވުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއާތަކާއި ބައްދަލުވުންތަކުގައި، ރާއްޖެ އިޝްތިހާރު ކުރެއްވުމަށް، އިނގިރޭސިބަހުން ޝިއާރު ލިޔެފައިވާ ލޯގޯ ބޭނުންކުރެއްވުމަށް ވެސް ވަނީ ދެންނެވުމުގައި އަންގަވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355