twitterviber whatsapp telegramfacebookyoutube instagram
20th February 2026

ބައިބައިވުމާ ނަފްރަތު އުފެދޭ ކަންކަމުން ދުރުވެ ސުލްހަވެރިކަމާއެކު ތިބުމަށް ނަޝީދު ގޮވާލައްވައިފި

މުޙައްމަދު އަހުމަދު
Dec 26, 2021

އެއްބައިވަންތަކަމުގެ ދުވަހު ދެއްވި މެސެޖެއްގައި ބައިބައިވުމާއި ނަފްރަތު އުފެދޭ ކަންކަމުން ދުރުވެ ސުލްހަވެރިކަމާއެކު ސިޔާސީ ހަރަކާތުގައި ދެމިތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ނަޝީދު ވަނީ ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ނަފްރަތު އުފެދޭ ކަންކަމުން ދުރުވާން އެމްޑީޕީއާއި އެމްޑީޕީގެ ވާދަވެރީންނަށް ގޮވާލައްވައިފި އެވެ. އަދި ނަޝީދު ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަމުން އަންނަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ބިރުވެރި ހާދިސާއަށް ފަހު ކަމަށެވެ.

"އެމްޑީޕީއާއި އެމްޑީޕީގެ ވާދަވެރީން ވެސް ބައިބައިވުމާއި، ނަފްރަތު އުފެދޭ ކަންކަމާއި ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމިތިބުމަށް މިއަދު އަޅުގަނޑު ގޮވައިލަން" ނަޝީދު ވިދާޅުވި އެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ޑިސެންބަރު މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިންގެ ކިބައިން ފެނުނު ސާބިތުކަމާއި ހިތްވަރުގަދަކަމުގެ ލާމަސީލު މިސާލުގެ ސަބަބުންނެވެ. އެދުވަހު އެތައް ބަޔަކު ގެއްލުނުއިރު ގިނަ ބައެއްގެ ފުރާނަ ވެސް އެދުވަހު ގެއްލުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355