twitterviber whatsapp telegramfacebookyoutube instagram
14th July 2026

ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 68 ޕަސެންޓް މަސައްކަތް ނިންމާލައިފި

Jan 11, 2022

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 68 ޕަސެންޓް ނިންމާލައިފި އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.

މި މަޝްރޫއެގެ ދަށުން 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. އަދި 50 މީޓަރުގެ 5 ގްރޮއިން ޖެހުމާއި 30 މީޓަރުގެ 1 ގްރޮއިން ޖެހުންވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 6.39 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު އޭޕްރީލްމަހު ތެރޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355