twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ކަސްޓަމްސް ޓީމަށް މަޝްހޫރު ފުޓްސަލް ތަރި ހުޒޭ!

މުޙައްމަދު އަހުމަދު
Jan 15, 2022

ކުޅުދުއްފުށީގައި ބާއްވާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް ކަމަށްވާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ކަސްޓަމްސް ޓީމަށް ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރި ހުޒައިފަތު ރަޝީދު (ހުޒޭ) ސޮއިކޮށްފި އެވެ.

ހުޒޭ ކަސްޓަމްސް ޓީމަށް ކުޅުމަށް އެއްބަސްވެފައިވާކަން ޒިގްޒެގާ ކަސްޓަމްސް އާރްސީން ވަނީ ޔަގީންކޮށްދީފަ އެވެ. ކޮންމެ ޓީމަކަށް ބޭރުން އެއް ކުޅުންތެރިޔަކު ޖެހޭ މިމުބާރާތުގައި މިހާތަނަށް އަދި ކުޅުންތެރިޔަކާއެކު އެއްބަސްވުން ހެދި ފުރަތަމަ ޓީމަކީ ކަސްޓަމްސް އާރްސީ އެވެ.

ނިމިދިޔަ ކުލަބް މޯލްޑިވްސް ކަޕްގައި ބީއެމްއެލްއަށް ކުޅުނު ހުޒޭ ކަސްޓަމްސް އާރްސީއަށް ކުޅުމަށް ހަމަޖެހިފައިވާއިރު ހުޒޭއަކީ މިވަގުތު ރާއްޖޭގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުންތެރިއެކެވެ. ފުޓްސަލް މުބާރާތްތަކުގައި ފުރިހަމަ ކާމީޔާބީތަކެއް ހޯދަމުން އަންނަ ހުޒޭއަކީ ހުނަރުވެރި ކުޅުންތެރިއެކެވެ.

ކަސްޓަމްސް އާރްސީގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވި ގޮތުގައި ހުޒޭއަކީ މިވަގުތު ރާއްޖޭގައި ތިބި އެންމެ މޮޅެތި ފުޓްސަލް ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ. ޝައްކެއް ވެސް ނެތް ގޮތުގައި ހުޒޭއަކީ ގިނަ ބަޔަކު އެއްބަސްވާ ގޮތަށް ފުޓްސަލްގައި ރާއްޖޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ.

މިފަހަރުގެ އިންޓަރ އޮފީސް މުބާރާތް އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވޭއިރު މިފަހަރުގެ މުބާރާތުގައި ޖުމްލަ 14 ޓީމަކުން ބައިވެރިވި އެވެ. އެއީ ޕޮލިސް ކުލަބް، އިމިގްރޭޝަން، އާރްޑީސީ، ސީއާރްސީ، ކޭޕީއެލް، އުރީދޫ، އެސްޓީއޯ އާރްސީ، ކޭސީސީ އާރްސީ، ދިރާގު، ކުލަބް ކޭއާރުއެޗް، އަފީފުއްދީން އެސްއާރްސީ، އައިބީއެމް، އާރްއޭސީއެލް އަދި ޓީމް ފެނަކަ އެވެ.

މިއަހަރު މިމުބާރާތް ބޭއްވުމަށް ތައްޔާރުވެފައިވާއިރު ޒިގްޒެގުން ހާމަކުރާ ގޮތުގައި މިމުބާރާތަކީ ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމާއިއެކު ފުޓުސަލްއަށް ޝައުގުވެރި ކުރުވުމެވެ. އަދި މުބާރާތެއްގައި ވާދަ ކުރުމުގެ ފުރުސަތު ސަރުކާރުގެ އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންނަށް ހޯދައިދިނުމާއި ސަރުކާރުގެ އޮފީސް / ކުންފުނިތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަކީ މިމުބާރާތުގެ މަގްސަދުކަމަށް ޒިގްޒެގުން ހާމަކުރެ އެވެ.

މިމުބާރާތަކީ ކުޅުދުއްފުށީގައި ބޭއްވޭ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތްކަމަށްވާއިރު މިމުބާރާތަށް ބޮޑު ހޭދައެއްކޮށް ދުރާލާ ޓީމުތަކުން ތައްޔާރުވާކަން ޒިގްޒެގުން ބުނެ އެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355