twitterviber whatsapp telegramfacebookyoutube instagram
21st March 2026

ވަކި ދާއިރާތަކަށް އިމިގްރޭޝަނުން ހާއްސަ ކައުންޓަރެއް

Jan 16, 2022

ލޯ އެންފޯސްމަންޓް ބޮޑީޒްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޕާސްޕޯޓް ދޫކުރަން އިމިގްރޭޝަނުން ހާއްސަ ކައުންޓަރެއް މިއަދު ހަމަޖައްސައިފި އެވެ. ރާއްޖޭގެ ލޯ އެންފޯސްމަންޓް ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ފުލުހާއި އެމްއެންޑީއެފާއި އިމިގްރޭޝަނާއި ކަސްޓަމާއި ކަރެކްޝަންސް އެވެ.

ހާއްސަ ކައުންޓަރަކުން ހިދުމަތް ދޭން ފެށުމުން ލޯ އެންފޯސްމަންޓް އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިދުމަތް ހޯދަން ދާއިރު އޮފީސްކާޑު ހިފައިގެން ދިއުމަށް ވެސް އިމިގްރޭޝަންއިން ވަނީ އެދިފަ އެވެ.

އިމިގްރޭޝަނުން ބުނީ އެފަދަ އިދާރާތަކަށް ހާއްސަ ކައުންޓަރެއް ހަމަޖެއްސީ ލޯ އެންފޯސްމަންްޓް އިދާރާ ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަވަދިނެތި ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތަކުގައި އުޅޭތީ ލުއި ގޮތްތަކެއް ހަމަޖައްސައިދީ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ދިނުމަށް ދިނުމަށް ވެސް އިމިގްރޭޝަނުން މިހާރު ހާއްސަ ނަންބަރެއް ދޫކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355