ރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ސްރީލަންކާގައި ރަސްމީކޮށް ފައްށައިފި އެވެ.
މި ހިދުމަތް ފައްޓަވައިދެއްވީ ރައިސްގެ ދެކަނބަލުން މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ވަޑައިގެންނެވެ.
Dhivehi Electronic Passports will now be issued in Colombo, Sri Lanka, making passport services more accessible for Maldivians abroad.
— Maldives Immigration (@ImmigrationMV) May 5, 2026
ސްރީލަންކާގެ ކޮލަމްބޯއިން މިހާރު ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ވަނީ ފެށިފައި. މި ޚިދުމަތާއެކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ… pic.twitter.com/hcdvqbxdNn
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ދިވެހި ހައިކޮމިޝަނަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރާއްޖޭން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، ސްރީލަންކާގެ ކޮލަމްބޯއިން މިހާރު ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ފަށާފައިވާ ކަމަށާއި، މި ހިދުމަތާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ޕާސްޕޯޓުގެ ހިދުމަތްތައް ހޯދުމުގައި އިތުރަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ.




