twitterviber whatsapp telegramfacebookyoutube instagram
8th November 2026

ހަނިމާދޫ އަނެއްކާވެސް މޮނިޓަރިންގއަށް

ނަބީލާ އިސްމާޢީލް
Jan 17, 2022

ހދ. ހަނިމާދޫ މޮނިޓަރިންގެ ހާލަތުން ނެގިތާ 19 ދުވަސް ފަހުން ކޮވިޑް ކޭސްތަކެއް ފެނި އަނެއްކާވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުގެ އޮފިސަލަކު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ފަހުން އެ ރަށުން އަނެއްކާވެސް 47 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 5 މީހުން މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

އެރަށުން މިފަހަރު ކޮވިޑް-19 ކޭހެއް ފެނުނީ މި މަހު 7 ވަނަ ދުވަހު އެވެ. އެއީ އެރަށުގައި އިންނަ ސިޓީ ހޮޓެލް ބެއާފޫޓް ގައި ހުރި ޓޫރިސްޓެއް ފުރަންވެގެން ނެގި ސާމްޕަލަކުން ކަމަށް އޮފިސަލު ވިދާޅުވި އެވެ. އެއަށް ފަހު އެ މީހާއާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އެތާ މަސައްކަތްކުރި 4 ސްޓާފަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެ އިތުރުން ކުޅުދުއްފުއްޓަށް ދަތުރުކުރި އެ ރަށު ލޯންޗް ފަޅުވެރިއަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެދުވަހު ވަނީ ޖުމްލަ 5 ފަރާތެއް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން މިދިޔަ ޑިސެމްބަރު މަހު 12 ވަނަ ދުވަހު ހަނިމާދޫގައި އިއުލާންކޮށްފައިވާ މޮނީޓަރިންގެ ހާލަތު އުވާލާފައިވަނީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. ނަމަވެސް އަނެއްކާވެސް ކޭސްތައް އިތުރުވާތީ އެރަށް މިވަނީ ރޭގެ ވަގުތެއްގައި މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ހަނިމާދޫގެ އިތުރުން ހދ ގެ އިތުރު ބައެއް ރަށްރަށުގައިވެސް އަންނަނީ ހަލުވި ކަމާއި އެކު ކޮވިޑް ފެތުރެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293