twitterviber whatsapp telegramfacebookyoutube instagram
11th November 2026

އިމްޕޯޓް މުދާ އިތުރުވެ މިދިޔަ މަހު އާމްދަނީ 78 ޕަސެންޓް މައްޗަށް

ޚަދީޖާ އާދަމް
Jan 17, 2022

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަދަދު އިތުރުވެ، އާމްދަނީ 78 ޕަސެންޓް މައްޗަށް ޖެހިލާފައިވާ ކަމަށް ކަސްޓަމުން ބުނެފި އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާގެ މުދަލެވެ. އިމްޕޯޓް އިތުރު ވުމުގެ ސަބަބުން ޑިސެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 23 ޕަސެންޓް އިތުރުވެފައި ވެއެވެ.

އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ އަދަދު ވަނީ 4.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު 296 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ މަހު މި އަދަދު ވަނީ 364 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައި ވަނީ ޔޫއޭއީ، ޗައިނާ، އިންޑިއާ އަދި އޮމާން އެވެ. ޔޫއޭއީން 713 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާއިން 575 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އިންޑިއާއިން 504 މިލިއަން ރުފިޔާގެ މުދާ އަދި އޮމާން އިން 487 މިލިއަން ރުފިޔާގެ މުދާ ވަނީ މިދިޔަ މަހު ރާއްޖެ އެތެރެކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293