twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފޮތްތަކުގައި ހުންނަ ގުރުއާނުގެ އާޔަތްތައް ބަލާ ފާސްކުރަން ކޮމިޓީއެއް އެކުލަވާލައިފި

ޚަދީޖާ އާދަމް
Jan 20, 2022

ފޮތްތަކުގައި ލިޔެފައި ހުންނަ ކީރިތި ގުރުއާނުގެ އާޔަތްތަކުގައި ކުށްހުރިތޯ ބަލަން އިސްލާމިކް މިނިސްޓްރީން ހާއްސަ ކޮމިޓީއެއް އެކުލަވަައިލައިފިއެވެ.

މި ކޮމިޓީއާ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދާނެ ގޮތާމެދު މަޝްވަރާ ކުރައްވާފައެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ ކޮމިޓީގައި ގިނަވާނީ ގުރުއާން ހިތުދަސް އިލްމުވެރިން ކަމަށާއި އެ ކޮމިޓީއަށް ހުށަހެޅޭ ހުރިހާ ފޮތެެއް ވެސް އެ ކޮމިޓީން ބަލާނެ ކަމަށެވެ.

މެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

- އަލްޙާފިޡް ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް (ކޮމެޓީގެ ޗެއަރ)
- އައްޝައިޚް އަލްޙާފިޡް މުޙައްމަދު ލަޠީފް (ކޮމެޓީގެ ވައިސް ޗެއަރ)
- އައްޝައިޚް ނަޞްރުﷲ ޢަލީ
- އައްޝައިޚް އަލްޙާފިޡް އިބްރާހީމް ރަޝީދު ޙަސަން
- އައްޝައިޚް އަލްޙާފިޡް އަޙްމަދު ޝަފީޤް
- އައްޝައިޚް އަލްޙާފިޡް ޢަލީ ނަޖީބް
- އަލްޙާފިޡް ޢަބްދުﷲ މަސްޢޫދު

ގުރުއާނުގެ އާޔަތްތައް ހުންނަ ހުރިހާ ފޮތެއް ވެސް ފުރަތަމަ މިނިސްޓްރީއަށް ހުށަހަޅާން ޖެހޭނެ އެވެ. ފޮތް ނެރެވޭނީ މިނިސްޓްރީން ބެލުމަށްފަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި ކޮމެޓީ އުފެއްދުމުގެ މަގުސަދަކީ ރާއްޖޭގައި ތައްޔާރުކޮށް ޗާޕްކުރެވޭ ފޮތްތަކުގައި ލިޔެފައި ހުންނަ ކީރިތި ޤުރްއާންގެ އާޔަތްތަކުގައި ކުށް ހުރުމާ ގުޅިގެން އެކަމަށް ހައްލެއް ގެނައުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355