twitterviber whatsapp telegramfacebookyoutube instagram
17th September 2026

ކުޅުދުއްފުށި އެއާޕޯޓް ސަރަހައްދުގައި ފިހާރައަކާއި ރެސްޓޯރެންޓެއް ހަދާދޭނެ ބަޔަކު ހޯދަނީ

Jan 22, 2022
4

ކުޅުދުއްފުށި އެއާޕޯޓް ސަރަހައްދުގައި ފިހާރައަކާއި ރެސްޓޯރެންޓެއް ހަދާ، ހިންގާނެ ބަޔަކު ހޯދަން ރީޖަނަލް އެއަޕޯޓްސް ކޮމްޕެނީން އިއުލާންކޮށްފި އެވެ.

އެ ކޮމްޕެނީ ކުރި އިއުލާނުގައި ބުނެފައިވަނީ ތަން ޑިޒައިންކޮށް، އިމާރާތްކޮށް ހިންގާނެ ފަރާތެއް ބޭނުން ވާކަމަށާއި މިކަމަށް ޝައުގުވެރިވާ ކޮމްޕެނީތަކުން 30 ޖެނުއަރީގެ ކުރިން ރަޖިސްޓްރީވުމަށެވެ. ރަޖިސްޓްރީވުމަށް ކޮމްޕެނީގެ ނަމާއި، ރެޖިސްޓްރޭޝަން ނަންބަރު، ފޯން ނަންބަރު އަދި އީމެއިލް އެޑްރެހާއެކު [email protected] މި މެއިލްއަށް ފޮނުވުމަށް އިއުލާނުގައި އެދިފައި ވެއެވެ.

އިއުލާނުގައި ބުނެފައިވަނީ ރެޖިސްޓްރީވެފައި ނުވާ ކޮމްޕެނީތަކުގެ ބިޑް އެފަރާތުން ގަބޫލް ނުކުރާނެކަމަށެވެ. ބިޑް ހުށައެޅުމަށް މައުލޫމާތު ސާފުކުރުމުގެ މުއްދަތަކީ 20 ޖެނުއަރީން ފެށިގެން 6 ފެބްރުއަރީއާ ދެމެދެވެ. އެގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން [email protected] މެއިލް އެޑްރެހަށް މެއިލް ކުރުމަށް އިއުލާނުގައި ވެއެވެ.

ޕްރީ ޕްރޮޕޯސަލް ބައްދަލުވުން އޮންނާނީ 31 ޖެނުއަރީ ހެނދުނު 9:00 ޖަހާއިރު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް ހިންގާ ހެންވޭރު ސުއޭޒް ގެ 6 ވަނަ ފަންގިފިލާގައެވެ. ބިޑް ހުށައެޅުމާއި ބިޑް ހުޅުވުން އޮންނާނީ 15 ފެބްރުއަރީ ހެނދުނު 9:00 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293