twitterviber whatsapp telegramfacebookyoutube instagram
7th January 2026

ހަނިމާދޫން އިތުރު 15 މީހަކު ޕޮޒިޓިވް، ގިނައީ ކޮންޓެކްޓުން

ޚަދީޖާ އާދަމް
Jan 23, 2022

ހަނިމާދޫއިން އިތުރު 15 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި ޕޮޒިޓިވްވި ގިނަ މީހުންނަކީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހުންކަމަށް އެރަށު ހެލްތް ސެންޓަރުން ބުނެފިއެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ހެލްތް ސެންޓަރުގެ ސީނިއާރ ކޮމިއުނިޓީ ހެލްތް އޮފިޝަރ ޒުބައިދާ އިބްރާހިމް ވިދާޅުވީ ބަލި ޖެހުނު މީހުންގެ ތެރެއިން 57 ފަރާތެއް ބަލިން ރަނގަޅުވެފައިވާކަމަށެވެ. މިހާތަނަށް ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު 96 އެވެ.

ޒުބައިދާ ވިދާޅުވީ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ކޭސްތަކާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުންކަމަށާއި ދެން ހިމެނެނީ ފްލޫ ދެ ސާމްޕަލް ކަމަށެވެ.

މިމަހު 20 ން 22 އަށް ނެގި ސާމްޕަލްތަކުގެ ނަތީޖާ ނުލިބޭކަން ފާހަގަކުރައްވާ ޒުބައިދާ ވިދާޅުވީ މި ހާލަތުގައިވެސް ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުން ދާކަމަށާއި ނަތީޖާ ނުލިބޭ 96 ސާމްޕަލެއް އެބައޮތްކަމަށެވެ.

ރަށުތެރޭގައި ވައިރަލް ހުމާއި ރޯގާވެސް ފެތުރެމުން އެބަ ދާކަމަށާއި އަލާމާތް ފެންނަ ފަރާތަކުން އަމިއްލައަށް ހެލްޕް ލައިނަށް ގުޅާ މައުލޫމާތު ފޯރުކޮށްދެމުން ދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކޭސްތަކާއި ގުޅިގެން އެރަށުގެ 38 ގެއެއް މޮނީޓަރިންނަށް ލާފައިވާއިރު 113 ފަރާތެއް ވަނީ ކަރަންޓީންކޮށްފައެވެ. އަދި 39 ފަރާތަކުން ހޯމް އައިސޮލޭޝަންގައި ތިބިއިރު ފަހުން ބަލި ފެތުރެން ފެށިފަހުން މިހާތަނަށް 589 ސާމްޕަލްވަނީ ނަގާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355