twitterviber whatsapp telegramfacebookyoutube instagram
30th September 2022

ސިޔާސީ ބޭނުމަށް ޝަހީދު ހުސެން އާދަމްގެ ފޮޓޯ ބޭނުން ނުކުރުން އެދެން: ޔާސިރު

ނަބީލާ އިސްމާޢީލް
Jan 29, 2022
6

ސިޔާސީ ބޭނުމަށް ޝަހީދު ހުސެއިން އާދަމްގެ ފޯޓޯ ބޭނުން ނުކުރެއްވުމަށް ރައީސް ޔާމިންގެ އަރިހުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުލް ލަތީފް އެދިލައްވައިފި އެވެ.

މެމްބަރު ޔާސިރު މިފަދައިން އެދިލައްވާފައި ވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ "އިންޑިއާ އައުޓް" ގެ ކެމްޕޭން ހަރަކާތެއްގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯއެއް ބޭނުން ކުރުމުން އެ ކަމާއި ހިތްހަމަ ނުޖެހުން ފާޅު ކުރައްވާ، ކުރެއްވި ޓުވީޓެއްގަ އެވެ.

އެ ޓުވީޓްގައި ޔާސިރު ވިދާޅުވީ، ސިޔާސީ ބޭނުމަށް ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ނުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ޝަހީދު ކޯޕްރަލް ހުސެއިން އާދަމަކީ ދިވެހިންގެ ބަތޮލެއް ކަމަށާއި ހާއްސަކޮށް ކުޅުދުއްފުށީގެ ފަހުރެއް ކަމަށެވެ. ކަމަކަށް ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަހުލާޤެއް ބެހެއްޓެވުން މުހިންމު ކަމަށް ޔާސިރު ވަނީ ވިދާޅުވެފަ އެވެ.

ޝަހީދު ހުސައިން އާދަމް އަކީ ނޮވެމްބަރު 3، 1988 ގައި ލަންކާގެ ތަމަޅައިން މާލެ އަރައި ދިން އުދުވާނީ ހަމަލާގެ ތެރެއިން ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ދިވެހިންގެ 19 މީހުންގެ ތެރެއިން ޝަހީދުވި ބަދަލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355