twitterviber whatsapp telegramfacebookyoutube instagram
8th January 2026

ވައިއާރްއެފް އިން ލިބުނު ފުރުސަތު ދޫކޮށްލި ސަބަބު އަމްރިތާ ކިޔާދީފި

Feb 10, 2022

އަބަދުވެސް ޔަސް ރާޖްގެ ފިލްމަކުން ފުރުސަތު ބޭނުންވި ކަމަށާއި އެފުރުސަތު ލިބިވެސް އޭނާ ފިލްމު ދޫކޮށްލި ސަބަބު ކުރީގެ މަޝްހޫރު ބަތަލާ އަމްރިތާ ރާއޯ ކިޔާދީފި އެވެ.

އެގޮތުން އަމްރިތާގެ ފިރިމީހާއާއެކު އެމީހުންގެ ޔޫޓިއުބް އެކައުންޓުން އާންމު ކުރި ވީޑޯއެއްގައި ބުނެފައިވަނީ 2011 ވަނަ އަހަރު ނެރުނު ވައިއާރްއެފްގެ ފިލްމެއް ކަމަށްވާ "ލަވް ކާ ދި އެންޑް" ބެލުމަށް ފަހު ވަރަށް ދެރަވިކަމަށާއި އެކަލަ ފިލްމެއް އޭނާއަށް ލިބެން ޖެހޭކަމަށް ގަބޫލް ކުރެވޭކަމަށެވެ.

އޭގެ ދުވަސް ކޮޅެއްފަހުން އެއަހަރުގެ ނޮވެމްބަރު ހިސާބުގައި ވައިއާރްއެފްގެ ޗެއާމަން އަދި މެނޭޖަރ އަދިތިޔަ ޗޯޕްރާގެ ފަރާތުން ބައްދަކުކުރަން ބޭނުންވާކަމަށް ބުނެ އޮފީހަށް އައުމަށް ދައުވަތެއް ލިބުނުކަމަށް އަމްރިތާ ބުންޏެވެ. ނަމަވެސް ފިލްމު އޭނާ ދޫކޮށްލީ ފިލްމުގައި ގައިގޯޅި މަންޒަރުތައް ހިމެނޭތީކަމަށް އޭނާބުންޏެވެ.

އަމްރިތާގެ ކުރު ކެރިއަރުގައި އޭނާ ވަނީ ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައެވެ. އެގޮތުން އިޝްގް ވިޝްގް، ވިވާހް އަދި ވެލްކަމް ޓު ސައްޖަންޕޫރް ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355