twitterviber whatsapp telegramfacebookyoutube instagram
20th September 2026

ގެހެރާއިޔާންއަށް ހީކުރިވަރަށް ތަރުހީބެއް ނުލިބުނު

ޚަދީޖާ އާދަމް
Feb 13, 2022

މިމަހު 11 ވަނަ ދުވަހު އެމެޒޯން ޕްރައިމްއިން ބެލުންތެރިންނަށް ދޫކޮށްލި ޝަކުން ބަތްރާގެ ގެހެރިޔާން ބެލުންތެރިންނަށް ކަމުނުގޮސް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ފިލްމުބެލި ގިނަ މީހުން ބުނީ ފިލްމަކީ އޮށްޓަރު ހުރި ފިލްމެއް ނޫންކަމަށާއި ވާހަކައަކީވެސް އެއްވެސް ތާކުން ތާކުން ޖެހޭ ވާހަކައެއް ނޫންކަމަށެވެ.

ފިލްމު ޕްރޮމޯޓްކުރަން ކުރި މަސައްކަތާ އަޅާ ބަލާއިރު ފިލްމަށް ލިބުނު ތަރުހީބު ވަރަށް ފިންޏެވެ. ފިލްމުގެ ތަރިންވެސް ވަނީ އެމީހުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތަކުން ފިލްމު ޕްރޮމޯޓްކުރަން ވަރަށް ގިނަ މަސައްކަތް ކޮށްފައެވެ.

ނަމަވެސް ގައިގޯޅި މަންޒަރުތައް ގިނަވެ ރިލީޒްކުރުމުގެ ކުރިންވެސް މި ފިލްމަށް ބެލުންތެރިން ދިޔައީ ފާޑުކިޔަމުންނެވެ. އަދި އެފަދަ މަންޒަރުތައް ހިމަނާފައިވާތީ ފިލްމުގެ ތަރިންނަށް ވެސް ބަހުގެ ހަމަލާތައް އަމާޒުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293