twitterviber whatsapp telegramfacebookyoutube instagram
27th July 2026

އުރީދޫ އިންޓަނެޓަށް މިއަދު ބުރޫއަރާފާނެ

Feb 14, 2022

އުރީދޫގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް މިއަދު އިންޓަނެޓް ބޭނުންކުރުމަށް ދަތިތަކަކާ ދިމާވެދާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

މިއަދުގެ އެކި ވަގުތުތަކުގައި އިންޓަނެޓް ކެނޑުން އެކަށީގެންވާ ކަމަށާއި ވީހާވެސް އަވަހަކަށް މަސައްކަތް ނިންމައި ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެ ކުންފުނިން ބުނީ މި މައްސަލަ ދިމާވީ އުރީދޫއަށް އިންޓަނެޓް ފޯރުކޮށްދެމުން އަންނަ ބޭރު ކުންފުނީގެ ނެޓްވޯކް މިއަދު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ.

މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ އުނދަގުލަކަށް އެކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355