twitterviber whatsapp telegramfacebookyoutube instagram
17th July 2025

ބްލެކްމެއިލް ކުރި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ޚަދީޖާ އާދަމް
Feb 15, 2022

ބްލެކްމެއިލްކޮށް ބިރުދައްކާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ހޯދަން އިއުލާނުކޮށްފައި ވަނީ ބްލެކްމެއިލްކޮށް ބިރުދައްކާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހާޒިރުނުކުރެވިގެން އުޅޭ މީހެކެވެ. ހޯދަމުން ދަނީ ހދ. ނޮޅިވަރަން / ހަމްނާ، އަޙްމަދު ޝަހްބާން (27އ)އެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރާ ބިރުދެއްކުމުގެ މައްސަލައިގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ތަހުގީގަށް ޝަހްބާން ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ. އަދި އޭނާގެ އާއިލާއަށް ޝަހްބާން އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355