twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކަސްޓަމްސް އާރްސީން ކޭސީސީއާރްސީ ކޮޅަށް 12 ލަނޑު، އާރްސީއެލް އަތުން ކޭއާރުއެޗަށް މޮޅެއް!

މުޙައްމަދު އަހުމަދު
Feb 19, 2022

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓުގައި ރޭ ކަސްޓަމްސް އާރްސީން ކޭސީސީއާރްސީ ކޮޅަށް 12 ލަނޑު ޖެހިއިރު އާރްސީއެލް އަތުން ކޭއާރުއެޗަށް މޮޅުވެއްޖެ އެވެ.

ރޭ ކަސްޓަމްސް އާރްސީން ކޭސީސީއާރްސީއާ ދެކޮޅަށް ކުޅުނު މެޗު 12 - 0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި އެވެ. ކަސްޓަމްސް އާރްސީގެ ފަރާތުން މިމެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ކޭސީސީއާރްސީ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލާފަ އެވެ.

މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކަސްޓަމްސްގެ ޖޯޒީ ނަމްބަރު 5 ހަސަން ނޫރިޝް ވަނީ މެޗުގައި ޖުމްލަ 8 ލަނޑު ކާމިޔާބުކޮށްފަ އެވެ. ކަސްޓަމްސްގެ އަނެއް ލަނޑުތައް ޖަހައިދިނީ އިބްރާހިމް ޝަނޫން، މުހައްމަދު ޝާފިއު، އަހްމަދު އަބްދުﷲ އަދި މައުރޫފް އާދަމް އެވެ.

ރޭގެ އަނެއް މެޗުގައި ކުލަބް ކޭއާރުއެޗުން ވަނީ އާރްސީއެލްގެ މައްޗަށް 3 - 1 ގެ ނަތީޖާއަކުން ކުރިހޯދާފަ އެވެ. މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާރްއޭސީއެލުންނެވެ. މެޗުގެ 7 ވަނަ މިނެޓުގައި އާރްއޭސީއެލަށް ލީޑު ނަގައިދިނީ އެޓީމުގެ އަހްމަދު މުޖުތަބާ އެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ކޭއާރުއެޗުގެ މުހައްމަދު އާލިމް ވަނީ ކޭއާރުއެޗަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އޭގެ 5 ވަރަކަށް މިނެޓުފަހުން ކޭއާރުއެޗުގެ އަބޫބަކުރު އާދަމް ވަނީ ކޭއާރުއެޗަށް މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނަގައިދީފަ އެވެ. 2 ވަނަ ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވެ ކޭއާރުއެޗުގެ އަސްޖައު މޫސާ ވަނީ އެޓީމުގެ 3 ވަނަ ލަނޑު ޖަހާ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ.

މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޭއާރުއެޗުގެ ޖޯޒީ ނަމްބަރު 9 އަސްޖައު މޫސާ އެވެ.

ރޭ އަފީފުއްދީން އެސްއާރުސީއާ އެސްޓީއޯ އާރްސީ ބައްދަލުކުރި މެޗު ނިމުނީ 11 - 3 ން އެސްޓީއޯ މޮޅުވެގެންނެވެ. މިމެޗުގައި އަފީފުއްދީން އެސްއާރުސީގެ ޓީމުން ވެސް ވަނީ ފަހުވަގުތާ ޖެހެންދެން މެޗުން މޮޅުވެވޭތޯ މަސައްކަތްކޮށްފަ އެވެ. ހާއްސަކޮށް އެޓީމުގެ ޖޯޒީ ނަމްބަރު 10 މުހައްމަދު ހުސާމް (ހުއްޓެ)ގެ ކުޅުން ފާހަގަކޮށްލެވެ އެވެ.

ރޭގެ މެޗުގައި އެސްޓީއޯގެ އިބްރާހިމް މާޒް ސައީދުގެ 5 ލަނޑު ފެނިގެންދިޔައިރު އިބްރާހިމް ހުސެއިން (މައްލެ) ވެސް ވަނީ 3 ލަނޑުޖަހާ ހެޓްރިކެއް ހަދާފަ އެވެ. އެސްޓީއޯގެ އަހްމަދު ނަދީމް އާދަމް ދެލަނޑު ޖަހައިދިންއިރު އެސްޓީއޯގެ އަނެއް ލަނޑު ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 1 އަހްމަދު މުހައްމަދެވެ.

މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސްޓީއޯގެ ޖޯޒީ ނަމްބަރު 23 އިބްރާހިމް މާޒް ސައީދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355