twitterviber whatsapp telegramfacebookyoutube instagram
29th December 2025

ޕްރިންސިޕަލްކަން ކިޔެވުމުގެ ސްކޮލަޝިޕަށް އެދުމަށް އިތުރު 6 ފުރުސަތެއް

ޚަދީޖާ އާދަމް
Feb 19, 2022
2

ޕްރިންސިޕަލްކަން ކިޔެވުމުގެ ސްކޮލަޝިޕަށް އެދުމަށް އިތުރު ފުރުސަތެއް އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިނިސްޓްރީން ބުނީ އިތުރު ފުރުސަތު ހުޅުވާލީ ކުރިން ހުޅުވާލި 20 ސްކޮލަޝިޕްގެ ފުރުސަތުގައި ކުރިމަތިލީ މީހުންގެ ތެރެއިން އެ އަދަދަށް ކެނޑިޑޭޓުން ހޮވިފައިނުވާތީ، މަދުވާ ހަ ޖާގައަށް ކެނޑިޑޭޓުން ހޮވުމަށް ފުރުސަތު ހުޅުވާލީ ކަމަށެވެ.

ސްކޮލަރޝިޕަށް އެދި ހުށަހަޅަންޖެހޭ ފަހު ވަގުތަކީ އަންގާރަ ދުވަހުގެ މެންދުރު 2:00އެވެ.

މެލޭޝިޔާއިން މާސްޓަރސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން / އެޑިޔުކޭޝަން މެނޭޖްމަންޓް ހާސިލު ކުރުމަށް ހުޅުވާލި މިސްކޮލަޝިޕް ތަކަށް ހޮވޭ މީހުންގެ ކިޔެވުމަށްދާ ހަރަދާއި ދެކޮޅު ޓިކެޓްގެ އިތުރުން މުސާރައާއި އެއްވަރުގެ އެލަވަންސެއް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ މީހުނާއެކު ވަކި މުއްދަތަކަށް ކަނޑައެޅޭ ސަރުކާރުގެ ސުކޫލެއްގައި ހިދުމަތްކުރުމަށް ބޮންޑުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355