ސަރުކާރު ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ ' ކޫލް ސްކޫލް' ޕްރޮޖެކްޓްގެ ތެރެއިން ކުޅުދުއްފުށީގެ ސްކޫލްތަކުގެ ހޯލްތައް އޭސީކޮށް ބޭނުންކުރަން ފަށައިފި އެވެ.
އެގޮތުން އަފީފުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލްގެ ހޯލް އޭސީކޮށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަނީ ބޭނުންކުރަން ފަށާފަ އެވެ.
މި މަޝްރޫޢުގެ ދަށުން 3704 ކްލާސްރޫމް އޭސީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ ސަރުކާރު ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމްތަކެވެ.
މި މަޝްރޫޢުގެ ދަށުން ކްލާސްރޫމްތަކަށް ބޭނުންވާ އޭސީ ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ފެނަކާއި ހަވާލުކޮށްފައި ވަނީ ގާތްގަނޑަކަށް 55 މިލިޔަން ރުފިޔާކަމަށް މިނިސްޓްރީ މައުލޫމާތުދެ އެވެ.
'ކޫލް ސްކޫލް' މަޝްރޫޢުގެ ސަބަބުން ދަރިވަރުންނަށް ކިޔެވުމަށް ރަނގަޅު މާހައުލެއް ގާއިމްކުރެވިގެންދާނެކަމަށް ސަރުކާރުން ދެ އެވެ.
ކޫލް ސްކޫލްގެ ޕްރޮޖެކްޓް އިފްތިތާހްކޮށްފައިވަނީ 2024 ވަނަ އަހަރު ޖޫންމަހުގެ ތެރޭގައި އެވެ.




