twitterviber whatsapp telegramfacebookyoutube instagram
8th November 2026

8,000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި

ނަބީލާ އިސްމާޢީލް
Sep 20, 2026

8000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ 12 ވަނަ ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ. އޯލެވެލް އައިޖީސީއެސްއީ އިމްތިހާނުގައި ޖުމްލަ 8،111 ދަރިވަރުން ބައިވެރިވާ އިރު އެޗްއެސްސީ އިމްތިޙާނުގައި 7،776 ދަރިވަރުން ބައިވެރިވެ އެވެ.

މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3،222 ދަރިވަރުން އަދި ރަށްރަށުގެ 242 ސެންޓަރުގައި 2،869 ދަރިވަރުން އިމްތިޙާނު ހަދާނެ އެވެ.

އެގޮތުން މިއަދު ފެށީ އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ އޯލެވެލްގައި ބައިވެރިވާ ދަރިވަރުން ހަތަރު މާއްދާ ހަދަން ޖެހޭ ގޮތަށް މަޖުބޫރުކޮށްފައެވެ. އެއީ، އިސްލާމާއި ދިވެއްސާއި ހިސާބާއި އިނގިރޭސި މާއްދާއެވެ. އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުންނެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން ވަނީ މިއަދު ފެށި އެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ކާމިޔާބަށް އެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293