twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގައި އަލަށް އަޅާ ހޮސްޕިޓަލް ދެވަނަ ކުއާޓާގައި ޓެންޑާރ ކުރެވޭނެ

Feb 23, 2022
4

ރާއްޖޭގެ ގިނަ ރަށްތަކެއްގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލްތަކުގެ އަޕްޑޭޓެއް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ދެއްވައިފި އެވެ.

މިއަދުގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރުވަނީ ސަރުކާރުން އަޅަން ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ ތަފްސީލުތަކާއި ޓެންޑާ ކުރެވޭނެ މުއްދަތުގެ ތަފްސީލްތައްވެސް ދެއްވާފައެވެ.

ބޭރުގެ ލޯނުގެ އެހީގައި އަޅާ ހޮސްޕިޓަލްތައް

  • ހދ. ހަނިމާދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް
  • ނ. މިލަންދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް
  • ނ. ވެލިދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް
  • އދ. މާމިނގިލީގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް
  • ކ. ތުލުސްދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް
  • ވ. ފެލިދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް
  • ތ. ވިލިފުށީގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް
  • އއ. ރަސްދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް
  • ޏ. ފުވައްމުލަކުގައި އަޅާ 50 އެނދުގެ ހޮސްޕިޓަލް
  • ގދ. ތިނަދޫގައި އަޅާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލް
  • ކުޅުދުއްފުށި ސިޓީގައި އަޅާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލް

އެގޮތުން މިނިސްޓަރު ވިދާޅުވީ 30 އެނދުގެ ހޮސްޕިޓަލްތައް އަންނަ މާޗު މަހު ޓެންޑާ ކުރެވޭނެކަމަށާއި 50 އެނދުގެ ހޮސްޕިޓަލްތައް މިއަހަރުގެ ދެވަނަ ކުއާޓާގައި ޓެންޑާ ކުރެވޭނެ ކަމަށެވެ.

އަދި ޓާޝަރީ ހޮސްޕިޓަލްތައް ދެވަނަ ކުއާޓާގެ ފަހުބައިގައި ޓެންޑާ ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮންޓްރެކްޓް ފައިނޭންސްގެ ގޮތުގައި އަޅާ ހޮސްޕިޓަލްތަކުގެ ތަފްސީލް

  • ނ. ކެނދިކޮޅުދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް
  • ހދ. އިހަނވްދޫ އަޅާ 30 އެނދުގެ ހޮސްޕިޓަލް
  • ޅ. ހިންނަވަރުގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް
  • ނ. މަނަދޫގައި އަޅާ 50 އެނދުގެ ހޮސްޕިޓަލް

މިބައިގައި ހިމެނޭ ހޮސްޕިޓަލްތަކުގެ ތެރެއިން 30 އެނދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ޓެންޑާ ކުރެވިފަ ކަމަށާއި 50 އެނދުގެ ހޮސްޕިޓަލް ދެވަނަ ކުއަޓާގައި ޓެންޑާ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއަން އެކްސިމް ބޭންކުގެ އެހީގައި އަޅާ ހޮސްޕިޓަލްތައް

  • ރ. އަލިފުށީގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް
  • ދ. ކުޑަހުވަދޫގައި އަޅާ 50 އެނދުގެ ހޮސްޕިޓަލް
  • ހއ. ދިއްދޫގައި އަޅާ 50 އެނދުގެ ހޮސްޕިޓަލް
  • ގއ. ވިލިނގިލީގައި އަޅާ 50 އެނދުގެ ހޮސްޕިޓަލް
  • ލ. ގަމުގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް

މި ހޮސްޕިޓަލްތައް ޓެންޑާ ކުރެވިގެންދާނީ ދެވަނަ ކުއަޓާގައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355