twitterviber whatsapp telegramfacebookyoutube instagram
26th May 2025

ތިން ސަރަަހައްދެއްގައި ވެކްސިން ރައްކާކުރާ ސެންޓަރުތަކެއް ގާއިމްކުރަނީ

ޚަދީޖާ އާދަމް
Feb 23, 2022

ރާއްޖޭގެ ތިން ސަރަހައްދެއްގައި ވެކްސިން ރައްކާކުރަން ސެންޓަރުތަކެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި އަޅަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ނަސީމް މިއަދު ވަނީ މަޖިލީހަށް ހާޒިރު ކޮށްފަ އެވެ.

އެގޮތުން ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތަކާއި ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ ވޯލްޑް ބޭންކްގެ ލޯންގެ އެހީގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ވެކްސިން ރައްކާކުރާނެ ސެންޓަރުތައް ގާއިމުކުރާނެ ކަމެވެ.

އެގޮތުން މާލޭ ސަރަަހައްދުގައ ހުޅުމާލޭ އަދި އުތުރުން ށ. ކޮމަންޑޫ އަދި ދެކުނުން ގދ. ގައްދޫގައި ވެކްސިން ރައްކާކުރާ ސެންޓަރުތައް ގާއިމުކުރާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

ވެކްސިން ރައްކާކުރާ ސެންޓަރުތައް ގާއިމުކުރަން ނިންމި އިރު މިހާރު ދެމުންގެންދާ ކޮވިޑް ވެކްސިންގެ ބައެއް ވައްތަރުގެ ވެކްސިންތައް ބަހައްޓަން ޖެހެނީ ވަރަށް ފިނީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355