twitterviber whatsapp telegramfacebookyoutube instagram
6th September 2026

މޮނީޓަރިންގައިވާ ރަށްތަކުގެ އަދަދު 20 ދަށް ވެއްޖެ

ޚަދީޖާ އާދަމް
Feb 23, 2022

ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 20 އަށް ދަށްވެއްޖެ އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ލިސްޓް ބުނާ ގޮތުން މިހާރު އެންމެ ގިނަ ދުވަހު ބަންދުގައި އޮތީ މިިދިޔަ ޑިސެންބަރު މަހު މޮނީޓަރިންގެ ހާލަތަށް ގެނައި ކ މާފުއްޓާއި، ހއ އިހަވަންދޫއެވެ.

މިދިޔަ ޖެނުއަރީ މަހު ގިނަ އަދެއްގެ ބަޔަކު މާލެ ސަރަހައްދުންނާއި ރާއްޖެތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެ މަހު އެޗްޕީއޭއިން ވަނީ ގިނަ ރަށްތަކެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވެއެވެ. އެއީ ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ލ. ގަން، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ލ. ދަބިދޫ، ށ. ކަނޑިތީމު، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ބ. ކެންދޫ އަދި ރ. އިގުރައިދޫ އެވެ.

އަދި މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ވަނީ ފަސް ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ތ. ވިލުފުށީ، ރ. އަލިފުށި، ލ. ފުނަދޫ، ހދ. މަކުނުދޫ އަދި ހދ. ނޮޅިވަރަމްފަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355