twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޕީޓީއޭތަކުން ހިންގާ ހަރަކާތްތަކަށް ރައްޔިތުންގެ އެއްބާރުލުން ދިނުން އެދެން

ޚަދީޖާ އާދަމް
Mar 3, 2022

ސްކޫލްތަކުގެ ޕީޓީއޭތަކުން ހިންގާ ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

މިއަދު ހުޅުވި އަފީފުއްދީން ސްކޫލްގެ ރޯދަ ބާޒާރު ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ ޕީޓީއޭއިން މިފަދަ ހަރަކާތްތައް ހިންގާތަން ފެނުމަކީ އުފާކުރާކަމެއް ކަމަށާއި ޕީޓީއޭގެ މަސައްކަތުން ކުޅުދުއްފުށީ ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް ބޮޑު ދައުރެއް އަދާކުރާކަމަށެވެ.

އަދި ކުޅުދުއްފުށީ ސްކޫލްތަކުގެ ޕީޓީއޭތައް ހަރަކާތްތެރިކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ ދަރިވަރުންގެ ކިޔެވުމާއި ގުޅޭ ކަންކަމުގައިވެސް ޕީޓީއޭތަކުން ބޮޑު ދައުރެއް އަދާކުރާކަން ފާހަގަ ކުރާކަމަށާއި ޕީޓީއޭގެ މަސައްކަތުން އެކިއެކި މުހިއްމު ކާމިޔާބީތަކެއް ސްކޫލްތަކަށް ހޯދައިދީފައިވާކަމަށެވެ.

އަދި އަފީފުއްދީން ޕީޓީއޭއިން އިންތިޒާމްކުރި މި ބާޒާރަށް ކުޅުދުއްފުށީގެ ވިޔަފާރިވެރިން ދެއްވި އެއްބާރުލުމަށާއި ބާޒާރުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް މޭޔަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ރޯދަ ބާޒާރުގައި ކުޅުދުއްފުށީގެ 11 ވިޔަފާރީއަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހޭވަތް، ފައިން ރޯސް، ކުއާންޓަމް، ބައުންޓީ، ގޯލްޑްވޭ، ޗާންދަލިޔާ ބުކްސޮޕް، ޕިންކް ރިބަން، ރިއަލް އޭޖް، ރިޓޯ ސޮލިއުޝަން، ކޮކާ ފިޔަ އަދި އަފީރޯއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355