twitterviber whatsapp telegramfacebookyoutube instagram
18th April 2024

ކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Mar 8, 2022
2

ކުޅުދުއްފުށި ސިޓީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. އެކަމަށްޓަކާ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައިދެއްވީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަލްއުސްތާޒް އަލި މަނިކާއި ކުޅުދުއްފުށީ ތަމްސީލްކުރައްވާ ދެ މެމްބަރުންނާއި މޭޔަރާއި ކައުންސިލު މެމްބަރުންނެވެ.

މި މަޝްރޫއުގެ ދަށުން 5.99 ކިލޯ މީޓަރު މަގުގައި ތާރު އަޅައިގެން ހަދާނެ އެވެ. އެއީ 23 މަގެވެ. މިއީ ދައުލަތުގެ ބަޖެޓުން 100 މިލިއަނަށްވުރެ ބޮޑު ހަރަދެއްގެ ކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މި މަސައްކަތް 510 ދުވަސްތެރޭގައި ނިންމަން ޖެހެ އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު ވިދާޅުވީ، އެ ކުންފުނިން މިހާރު ކުރަމުންގެންދާ މަސައްކަތްތަކުގެ ފެންވަރު މީގެ ކުރިއަށްވުރެ މާބޮޑަށް ވެސް ރަނގަޅުވެ މަސައްކަތް ފުރިހަމަވާނެކަމަށެވެ.

އޭނާ ވިދާޅުވީ، މަސައްކަތުގެ ވައްޓަފާޅި ހިފެހެއްޓުމަކީ އެ ކުންފުނިން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަންތައް ކަމަށެވެ. މޫސާ އަލި މަނިކު ވިދާޅުވީ އާރުޑީސީއަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދެމުންގެންދާ ކުންފުންޏެއް ކަމަށާއި އެގޮތުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި ހުނަރުވެރި ގާބިލު ޒުވާނުން ބިނާ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތަށް އެ ކުންފުނިން އެއްބާރުލުން ދެމުންގެންދާކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ތަމްސީލްކުރައްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުންނާއި އާރުޑީސީ ކުޅުދުއްފުށީ ސައިޓްގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސަރުކާރުގެ މުވައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355