twitterviber whatsapp telegramfacebookyoutube instagram
1st May 2024

އިންތިހާބުގެ ކުރިން ކުޅުދުއްފުށީ މަގުތަކުގައި ތާރުއަޅަން ސަރުކާރުން އަމާޒު ހިފައިފި

އަބްދުލް ވާހިދު ޙަސަން
Jul 29, 2023
3

ރިޔާސީ އިންތިހާބުގެ ކުރިން ކުޅުދުއްފުށީގެ މަގުތަކުގައި ތާރު އެޅުމަށް ސަރުކާރުން އަމާޒު ހިފައިފި އެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްގެން ހަދާ މިމަގުތަކުގެ މަސައްކަތް ނިންމުމަށް ދިން ތާރީހް ފަހަނަ އަޅައިދިޔައިރު އެންމެ މަގެއްވެސް ނުހެދޭތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ނުރުހުން އަމާޒުކުރަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުމަށް ހަފުތާއަކަށްވުރެ މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް މިދިޔަ 2022 ވަނަ އަހަރުގެ މާރޗުމަހުގެ 8 ވަނަ ދުވަހު ކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ އަމަލީ މަސައްކަތް ބޮޑު ޖަލްސާއެއް ބާއްވާ، ފެށި އެވެ. 510 ދުވަސްތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއު 800 ދުވަސްވެގެންދިޔައިރުވެސް ނިންމައެއް ނުލެވުނެވެ.

ކުޅުދުއްފުށީގެ ގިނަ މަޝްރޫއުތައް މަޑު ޖެހި ދައުލަތުގެ ބަޖެޓުން ކުރަން ހުރި މަޝްރޫއުތައް ފެށިފައިނުވާތީ ދާދިފަހުން އެކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހިމެނިވަޑައިގަންނަވާ ގޮތަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ އަރިސް ބޭފުޅުންތަކެއް ކުޅުދުއްފުއްޓަށް ވަޑައިގަތް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބޭއްވި އެވެ.

މި ބައްދަލުވުންތަކުގެ މައުލޫމާތު އެނގިލައްވާ ބޭފުޅަކު ކޭއޯއަށް ވިދާޅުވީ، ސަރުކާރުން މިހާރުން މަސައްކަތްކުރަމުންދަނީ އިންތިހާބުގެ ކުރިން މަގުތަކުގައި ތާރުއަޅަން ފަށަން ކަމަށެވެ.

" މިނިސްޓަރު ފައްޔާޒް ތަކުރާރުކޮށް ވިދާޅުވި އިންތިހާބުގެ ކުރިން މަގުތަކުގައި ތާރުއަޅަން ފަށާނެކަމަށް." ކޭއޯއަށް މައުލޫމާތުދިން ފަރާތުން ބުންޏެވެ.

އެހެންވުމުން މަސައްކަތް ހަލުވިކުރުމުގެ ގޮތުން އާރުޑީސީން އަންނަނީ ވަރަށް ގިނަ ވަގުތު މަސައްކަތްކުރަމުންކަމަށް އޭނާ ވިދާޅުވި އެވެ. ބައްދަލުވުމުގައި ބައިވެރިވި އެހެން ބޭފުޅަކު ވިދާޅުވީ، ކުޅުދުއްފުށިން ރައީސް ސޯލިހަށް ވޯޓް ހޯދުމަށް މިވަގުތު ކުރެވެން ހުރި މުހިންމު ކަންތައްތަކާއެކު މަޝްވަރާކުރި ކަމަށެވެ. އެގޮތުން އެންމެ ފަސޭހަ ނިންމެން އޮތީ މަގު ހެދުމުގެ މަޝްރޫއުކަން އޭނާ ފާހަގަކުރެއްވި އެވެ.

މަގު ހެދުން އަވަސްކުރުމަށް ޗައިނާ ބަޔަކާއެކު ސަބް ކޮންޓްރެކްޓްކުރުމަށްވެސް ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355